ޚަބަރު
ކުރިއަށް އޮތް 24 ގަޑިއިރަކީ ވަރަށް ނުރައްކާތެރި ވަގުތުތަކަކަށް ވެދާނެ – ޒެލެންސްކީ

ރަޝިޔާ ސިފައިން، ޔޫކްރެއިން އަށް އަރައި މިހާރު ކުރަމުންގެންދާ ހަނގުރާމައިގައި، ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ނުރައްކާވެދާނެ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ، ރަޝިޔާގެ ހަމަލާތައް މައިތިރިކުރަނެ ގޮތްތަކާ ބެހޭ ގޮތުން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއެކު އިއްޔެ ކުރެއްވި މަޝްވަރާތަކުގައެވެ. އެގޮތުން ޒެލެންސްކީ ވަނީ، އޭނާގެ ގައުމު ދިފާއުކުރުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމުތަކުގެ އެހީއާއި އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ރަޝިޔާ ސިފައިން މިހާރު ޔޫކްރެއިންގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ގޮތްތަކަށް ބަލާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ނުރައްކާތެރި ހަމަލާތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ޔޫކްރޭންގެ ދިފާއަށްޓަކައި ފޮނުވާ އަސްކަރީ ސާމާނުގެ ސަލާމަތުން ޔޫކްރޭނަށް ފޯރާކަން ހުރިހާ ގޮތަކުން ވެސް ކަށަވަރު ކުރައްވާނެ ކަމަށެވެ. އަދި ނޭޓޯގެ ގައުމުތަކުން އިތުރު އެހީތައް ޔޫކްރޭނަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ޔޫކްރޭން ދިފާއުކުރުމުގައި، އެމެރިކާ އާއި ނޭޓޯ އަދި ވިލާތުގެ އިއްތިހާދުގެ ގައުމުތައް އަމަލީ ގޮތުން ބައިވެރި ނުވިޔަސް، އަސްކަރީ ގޮތުންނާއި މާލީ ގޮތުން ގެންދަނީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ އިތުރުން، ރަޝިޔާގެ އުދުވާނީ ހަމަލާތައް ޔޫކްރޭނަށް ވުރެ ހުޅަނގަށް ފުޅާވެ، ނޭޓޯގެ މެމްބަރު ގައުމަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ނޭޓޯގެ ލަޝްކަރުތައް މިހާރު ގެންދަނީ ޔޫކްރޭނާ އިންވެގެން އޮތް ބައެއް ގައުމުތަކަށް ޖަމާކުރަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!