ޚަބަރު
މިއަދުގެ މަޖިލީހުގައި ޖާބިރު ވާހަކަ ދެއްކެވީ އިނގިރޭސި ބަހުން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާގައި އިނގެރޭސި ބަހުން ވާހަކަ ދައްކަވައިފިއެވެ.

މިއަދުގެ ޖަލްސާއަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ހާޒިރުކޮށް ސުވާލު ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ޖާބިރު ވަނީ ކާށިދޫ ދާއިރާގެ ކުޅިވަރު މަޝްރޫއުތައް ނިމޭނެ އިރަކާ ބެހޭ ގޮތުންނާއި، ކުޅިވަރު ތަރައްގީކޮށް، ސްޕޯޓްސް ޓޫރިޒަމްއިން ނަފާ ހޯދަން ސަރުކާރުން ނުވިސްނަނީ ކީއްވެތޯ އިނގިރޭސި ބަހުން ސުވާލުކުރައްވާފައެވެ.

ހަމައެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި ރަސްމީ ކަންކަމުގައި ދިވެހި އަދި އިނގެރޭސި ބަސް ބޭނުން ކުރުމަށް ގާނޫނު ތަންދޭ ކަމަށެވެ.

ޖާބިރުވަނީ މީގެ ކުރިންވެސް މަޖިލީހުގެ ޖަލްސާއެއްގައި އިޓަލީ ބަހުން ވާހަކަ ދައްކާފައެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ކާށިދޫގެ ޓާފް ގެނައުމަށް ބަޔަކާ ހަވާލު ކުރެވިފައިވާއިރު، އެ މަސައްކަތް އަވަހަށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ސްޕޯޓްސް ޓޫރިޒަމްގެ ކަންކަމުގައި، ފަތުރިކަމާ ބެހޭ ވުޒާރާއާއި ކުޅިވަރާ ބެހޭ ވުޒާރާއަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް”ގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ވެގެންދާނެ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!