ޚަބަރު
އިންޑިއާ އައުޓް ލިޔެގެން ހައްޔަރު ކުރި ދެ ޒުވާނުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަން – ޕީޕީއެމް/ޕީއެންސީ

އާންމު ތަނެއްގައި އިންޑިއާ އައުޓް ލިޔެގެން ހައްޔަރުކުރި ށ. ފޭދޫގެ ޒުވާން 2 ކުދިން މިހާރުން މިހާރަށް ދޫކޮށްލުމަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ޖޮއިންޓް ނޫސް ބަޔާނެއްގައި ބުނީ، ރީނދޫ ކުލަ ލާފައިވާ ށ. ފޭދޫ ޢާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހިކަމަށް ބުނެ، އިއްޔެގެ ވަގުތެއްގައި އެ ރަށު ޒުވާން 2 ކުއްޖަކު ހައްޔަރުކޮށް، ރޭ ހަތަރުދަމު ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގައި ރަހީނުކޮށްފައި ބޭތިއްބުމަށްފަހު، މިއަދު ކޯޓަށް ގެންގޮސް އެ ކުދިންގެ ބަންދަށް 7 ދުވަސް ޖަހާފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ މިޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޢިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުޢޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ދިވެހިޖުމްހޫރިއްޔާއާއި ޤާނޫނުތައް ހުއްދަ ކުރާކަމެއް ކަމަށާއި، އަދި އެފަދަ ކަމެއް މަނާކުރާ އެއްވެސް ޤާނޫނެއް ނެތް އިރު، އެފަދަ ޝުޢޫރެއް ޢާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖަހަގެން ގެންގުޅުން މިއީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

އަދި މިފަދައިން ޒުވާނުންގެ ބަޔަކު ހައްޔަރުކޮށް މުއްދަތު ޖެހުމުން ދިވެހި ސަރުކާރު އިންޑިއާގެ އުނގަށް ވެއްޓިފައިވާ މިންވަރު އެދަނީ އިތުރަށް ހާމަވެ ފަލީހަތްވަމުން ކަމަށާއި، އިންޑިއާ ސަރުކާރުން ބޭނުންހާ ގޮތެއްހަދާ، އިންޑިއާގެ އަސްކަރިއްޔާއަށް މިފަސްގަނޑުން ޖާގަ ދީ، ޤައުމުގެ އަގު ބޮޑެތި ހަޒާނާ އިންޑިއާއަށް ވިއްކާލައިގެން ތިބެ، އެ ފަރާތްތަކާއި އިދިކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ރަހީނުކޮށް ހިލހިލާ ޖަހައިގެން އަނިޔާ ކުރެވިދާނެ ކަމަށް އެމްޑިޕީއަށާއި އެމްޑީޕީގެ ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ޢާންމު ތަނެއްގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ށ. ފޭދޫ ޒުވާން 2 ކުދިން މިހާރުން މިހާރަށް ދޫކޮށްލުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށާއި، މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ފިޔަވަޅު އެޅުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށްވެސް ގޮވާލާ ކަމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޖޭހޯ

    ކަލޭމެން ހިސާބައްވުރެ ފިނޑީ. ޕީޕީއެމް އަށް ތާއީދުކުރާ ހުރިހާ ގެއެއްގެ ގާރުގަ ލިޔެލަބަލަ. އެއިރުން އެކަން ވިހަވެދާނެނުން

  2. ކަލޭމެން ހިސާބައްވުރެ ފިނޑީ. ޕީޕީއެމް އަށް ތާއީދުކުރާ ހުރިހާ ގެއެއްގެ ގާރުގަ ލިޔެލަބަލަ. އެއިރުން އެކަން ވިހަވެދާނެނުން