ޚަބަރު
އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓާސް ލިސްޓު އާންމު ކުރުމަށްފަހު އެލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

އަންނަ އޭޕްރީލް މަހު 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރުވަނީ އާންމުކޮށްފައެވެ.

އެމްޑީޕީން ވިދާޅުވީ މިލިސްޓުތަކަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން elections@mdp.org.mv  އަށް ޝަކުވާގެ ތަފްސީލާއިއެކު އައިޑީ ކާޑުގެ ކޮޕީއެއް އީމެއިލް ކުރެއްވުމަށެވެ.

އަދި ޝަކުވާ ހުށަހެޅުއްވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 10 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރު 12:00 އާއި ހަމަށް ކަމުގައި އެޕާޓީން ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީގެ މިފަހަރުގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވެފައިވަނީ ޗެއަޕާސަންގެ އިންތިޚާބުގައެވެ. މިއިންތިޚާބުގައި ވާދަކުރަނީ ރައީސް ސޯލިހުގެ ފެކްޝަނުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އެމްޑީޕީގެ އެތެރޭގެ މުހިންމު އިންތިޚާބުތަކެއް އޭޕްރީލް މަހު ބާއްވާއިރު އެޕާޓީގެ ކޮންގްރެސް އޯގަސްޓް މަހުގެ 4ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!