ޚަބަރު
އޮލިމްޕިކްސް ވިލެޖްގައި ކޮވިޑް ފެތުރެނީ

އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވާ ޓޯކިޔޯގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވާތީ ޑަބްލިއުއެޗްއޯ އާއި ޖަޕާނުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީގެ ކުރިންވެސް ޓޯކިޔޯގައި އޮލިމްޕިކްސް ކުރިއަށް ގެންދާތީ އެގައުމުގެ ބައެއް ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މުބާރާތް ނުބޭއްވުމަށް ގޮވާލާ އަޑު އުފުލާފައިވެސް ވެއެވެ. މި ކަންބޮޑުވުންތަކާއި އެކުވެސް މި މަހުގެ 23 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާ ގޮތަށް މި މުބާރާތް ބޭއްވުމުގެ އިންތިޒާމްތައް އަންނަނީ ހަމަޖައްސަމުންނެވެ.

މުބާރާތް ފެށެން 2 ދުވަހަށް ވެފައިވާ އިރު އެ ސަަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރުން އިތުރުވެފައިވުމީ އޮލިމްޕިކްސް ޓީމްތަކުގެ ކަންބޮޑު ވުމެވެ. މި ކަމުގެ ސަބަބުން މި ޓީމްތަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބުން އެކަށީގެންވެއެވެ.

ކަންމިހެން އޮތްއިރު، މިހާރު ވަނީ އެމެރިކާގެ ޖިމްނާސްޓިކް ޓީމުގެ އެތުލީޓެއް ކޮވިޑަށް ޕޮޒިޓިވްވެ، އެޓީމުގެ އެހެން އެތުލީޓެއްވަނީ ޑައިރެކްޓް ކޮންޓެކްޓަކަށްވުމުން އެކަހެރިކޮށްފަ އެވެ. .މީގެ އިތުރުން ޗެކް ރިޕަބްލިކްގެ ބީޗް ވޮލީ ޓީމްގެ ކުޅުންތެރިއެއް ވެސް ޕޮޒިޓިވްވެފައިވާ އިރު، އެޓީމުގެ މެންބަރަކު މީގެ ދެ ދުވަސްކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މުބާރާތުގައި ބައިވެރި ވުމަށްޓަކައި ރާއްޖޭގެ އެތްލެޓިކްސް ޓީމުވެސް ވަނީ މީގެ ދެ ދުވަސް ކުރިން ޖަޕާނަށް ގޮސްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!