ޚަބަރު
މިއަދު ހެނދުނުގެ ވަގުތެއްގައި އީމާން ނިޔާވެއްޖެ – އޭޑީކޭ

ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި އަނިޔާވި، މާލެ ސިޓީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އާމިނަތު އީމާން މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ސަލާމަތްވާނެކަމުގެ އުންމީދެއް ނެތުމުން އިއްޔެ ޑޮކްޓަރުން ނިންމީ އީމާން ވެންޓިލޭޓަރުން ނަގާށެވެ. އެހެންނަމަވެސް، ވެންޓިލޭޓަރުގައި އޮތްއިރު ވެސް އޭނާގެ ވިންދުޖަހައެވެ. ވެންޓިލޭޓަރުން ނަގަން އުޅެފައި، ފަހު ވަގުތު ޑޮކްޓަރުންނަށް އީމާން ސަލާމަތްވާނެކަމުގެ އުންމީދު ލިބުމާ ގުޅިގެން އޭނާ ވެންޓިލޭޓަރުން ނަގައިފައެއް ނުވެއެވެ.

އިމާން މަރުވި ކަމަށް އިއްޔެ ހެނދުނު އަޑުތައް ފެތުރިފައި އޮތް ނަމަވެސް، އޭޑީކޭ އިން އިއްޔެ ބުނެފައި ވަނީ މަރުވި ކަމަށް ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު 29 އަހަރުގެ އީމާން މަރުވި ވާހަކަތަކާ އެކު އޭޑީކޭ ދޮށަށް ދެ ފަހަރެއްގެ މަތިން އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ޒިޔާރަތްކުރި އެވެ.

ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އުމުރުން 29 އަހަރުގެ އީމާން ވެއްޓުނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ދުވަހުގެ ހަވީރު 16:25 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އީމާންގެ ބޮލަށެވެ. ހަށިގަނޑުގެ ބޭރުން އަނިޔާގެ ނިޝާނެއް ނެތަސް ބޯ ފަޅައިގެން ގޮސް އޭނާގެ ސިކުނޑި ވެސް ދުޅަވެފައި އޮތްއިރު އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!