ޚަބަރު
އޮޕަރޭޝަނަށް ފަހު ރައީސް ސޯލިހު ހޮސްޕިޓަލުން ދޫކޮށްލައިފި

ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް، އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލް އިން ދޫކޮށްލާފައިވާކަން ހާމަކޮށް އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަނަށްފަހު ހާލުކޮޅު ރަނގަޅުކަމަށާއި، މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ. އަދި އެމަނިކުފާނު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހުގެ 25 ވަނަ ދުވަހު ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް އެމަނިކުފާނުގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކުޑަ ވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހަވާލުކުރެއްވެވިއެވެ. ނަމަވެސް 3 ގަޑިއިރާއި 30 މިނެޓް ފަހުން ރައީސް ވަނީ އަލުން އެމަނިކުފާނުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!