ޚަބަރު
އަޅުގަނޑުމެންނަށް ވުރެ އިޚްލާސްތެރި މީހުންނެއް މިސަރުކާރަކަށް ނުލިބޭނެ – އީވާ

އަޅުގަނޑުމެންނަށް ވުރެން، އެމްޑީޕީއަށާއި މިސަރުކާރަށް އިޚްލާސްތެރި މީހުންނެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝަރީފް އީވާ އާއި އަދި މިހާރު އެމްޑީޕީގެ ޗެއަރ ޕަރސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ އަދި އޭނާ އަށް ސަޕޯޓުކުރާ މީހުންނަކީ އިދިކޮޅު ފަރާތްތައް ކަމަށް ބުނެފައިވާތީ އެކަމަށް ރައްދު ދެއްވަމުން މިއަދު ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބާއި ދިމާކޮށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުންދާ މައްސަލައާއި ގުޅިގެން ބާއްވާ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވަނީ، ދިވެހިރާއްޖެ އަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް އިމްތިޔާޒް ފަހުމީ މެން ނުކުމެ އެކުރި ހިތްވަރު ނުކުރި ނަމަ މިއަދު ކޮން ސަރުކާރެއްތޯ އޮންނާނީ، ބުނެ ސުވާލު އުފައްދާފައެވެ.

އަޅުގަނޑުމެންނާ ދިމާލަށް އިދިކޮޅު މީހުންނޭ، މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވާއިރު، އަޅުގަނޑަކަށްވުރެން، އިމްތިޔާޒް ފަހުމީއަށްވުރެން، ހަސަން ލަތީފަކަށްވުރެން، އުނގޫފާރުގެ މުހައްމަދު ވަހީދަކަށްވުރެން، އަޅުގަނޑުމެންނަކަށްވުރެން އިޚްލާސްތެރި މީހުންނެއް މިސަރުކާރަކަށް ނުލިބޭނެ – އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެމްޑީޕީ އަށާއި، އެމްޑީޕީ މެމްބަރުންނަށާއި އަބަދުވެސް އެމްޑީޕީއަށްޓަކައި އެތަކެއް ގުރުބާނީތަކެއްވީ މީހުންނަށްޓަކައި ބޭއިންސާފުން ކަންތައް ކުރަން ފެށީމައި ވަކާލާތު ކުރާކަށް ޖެހިލުމެއް ނުވާނެ ކަމަށެވެ.

އެސްއޯއީންތަކުގެ އެމްޑީންތައް. ވަކި ނަމެއް ކިޔާނެ ކަމެއް ނެތް. ފެނަކައިން ގޮސް އަނެއް އެސްއޯއީއަކުން އަނެއް އެސްއޯއީތަކުން. ރަށްތަކާ ގުޅާލާ އެސްއޯއީންތަކުގެ ރަށްރަށުގައި ތިބި މީހުންތަކުގެ ދެކިހިލިފަތް ދޮށަށް ވަޒީފާތައް ޖަހާލައިގެން އެ ނިކުންނަނީ އެތެރޭގެ އިންތިޚާބެއްގައި ވަޒީފާ ބަހަން އެކަންޏެއް ނޫން އިއްޒަތްތެރި ރައީސް. ވަޒީފާއިން މީހުން ވަކިވެސް ކުރަނީ. – އީވާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުވައިގެން ހަމައެކަނި ވަޒީފާ ދީ އަދި ވަޒީފާގެ ކުރިއެރުން މީހުންނަށް ދޭ ނަމަ އެވާހަކަ ތައް ދެއްކުމަށް ޖެހިލުންވެދާނެ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ގެންދަނީ ޖެހުނުހާ މީހަކަށް ބިރުދައްކަމުން ކަމަށާއި، އިމްތިޔާޒް ފަހުމީއަށް ތާއީދު ކޮށްފިއްޔާ ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރުދެމުން ކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ވަޒީފާތަކުގައި ތިބި މުވައްޒަފުން އެގޮތަށް ވަކި ނުކުރެވޭނެ ކަމަށާއި، މިހާރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިނަމަ 2023 ގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!