ޚަބަރު
ޔޫކްރެއިންގެ ވެރިރަށް ކިއޭވް ކައިރީ ދިރިއުޅުނު ދިވެހި އާއިލާ ހަންގޭރީއަށް އެތެރެވެއްޖެ

ޔޫކްރެއިންގެ ވެރިރަށް ކިއޭވް ކައިރީގައި ދިރިއުޅެމުދިޔަ ދިވެހި އާއިލާ ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޔޫކްރެއިންގެ ވެރިރަށް ކިއޭވް ކައިރީގައި ދިރިއުޅެމުން ދިޔަ ދެމަފިރިންނާއި އެމީހުންގެ ކުޑަ ދެކުދިން މިހާރު ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާކަމަށެވެ. އަދި ޚަރްކީވްގައި ތާށިވެފައި ތިބި ކުދިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އިތުރު ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ޚަރްކީވްގައި ތިބި ދިވެހި ދަރިވަރުންނަށް އިއްޔެ ފޯނުން ގުޅުއްވައި، އެކުދިންގެ ޙާލު ބައްލަވާފައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިވަގުތު ޔޫކްރެއިންގައި ތިބީ 9 ދިވެހިން ކަމަށެވެ. އެއީ ޚަރްކީވްގައި ތިބި 8 މީހުންނާއި ނީފްރޯގައި ހުރި މީހެކެވެ.

ބެލަރޫސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް ވަނީ އެކަން އަންގާފައެވެ. އަދި ކްލާސްތައް މެދުނުކެނޑި ހުރިހާ ޔުނިވަރސިޓީއެއްގައި ކުރިއަށްދާކަމަށާއި އާއްމު ހާލަތު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ރަޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް އެކަން އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކްލާސްތައް މެދުނުކެނޑި ހުރިހާ ޔުނިވަރސިޓީއެއްގައި ކުރިއަށްދާ ކަމަށާއި ކްލާސްތައް އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ދަނީ ޔުނިވަރސިޓީއާއެކު މަޝްވަރާކުރަމުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދަރިވަރުންނަށް މިކަމުގައި ބޭނުންވާ އެހީތެރިކަން ބަރލިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ފޯރުކޮށްދެމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޔުކްރެއިންގެ އިވަނޯ-ފްރެންކިވްސްކްގައި ތިބި ދިވެހިންގެ ތެރެއިން ހަންގޭރީއަށް ގެންދިޔަ 15 ދިވެހިން މިހާރު ވަނީ މާލެ އައިސްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!