ޚަބަރު
ރަޝިޔާ މަހުޖަނުންގެ ޔޮޓްތައް ރާއްޖެއާ ދިމާލަށް

ރަޝިޔާ ޔުކްރެއިން ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކުން ރަޝިޔާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާއިރު މުދާތައް ނަގާނެ ކަމުގެ ބިރަށް ރަޝިޔާގެ މަހުޖަނުންގެ ޔޮޓްތައް މިހާރު ވަނީ ރާއްޖެއާ ދިމާލަށް މިސްރާބް ޖަހާފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރަޝިޔާގެ ތިން ޔޮޓެއް ރާއްޖެއާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު ބިޔަ ދެ ޔޮޓެއް މޮންޓެނެގްރޯއާ ދިމާއަށް ދަތުރުކުރަމުން އެބަދެއެވެ. އަދި މިޔޮޓްތައް ރާއްޖެ ސަރަހައްދަށް ވަނުމަށްފަހު އެމެރިކާގެ އަމުރަށް އެޔޮޓްތައް އަތުލައިނުގަނެވޭނެ ކަމަށް ސީއެންބީސީ މީޑިޔާއިން މިއަދު ރިޕޯޓްކޮށްފައިވެއެވެ.

އެނޫހުން ބުނާ ގޮތުގައި ރާއްޖެއާއެކު އެމެރިކާގެ “އެކްސްޓްރާޑިޝަން ޓްރީޓީ” އެއް (އެފަދަ އެއްބަސްވުމެއް) ނެތުމުން ރަޝިޔާގެ ޔޮޓްތައް ރާއްޖޭގައި ތިއްބާ އެސެޓްތައް ފްރީޒްކޮށް އަތުލައިނުގަނެވޭނެއެވެ.

މި ފަދަ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ޔޫރަޕިއަން ޔޫނިއަންގެ “ސޭންކްޝަންސް” ތަކުގެ ދަށުން ކަމުން އެމެރިކާ، ފްރާންސުން މިހާރުވެސްވަނީ މިފަދަ އިންޒާރެއް ދީފައެވެ. އެގޮތުން އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަޝިޔާގެ “އޮލިގާކްސް” (ސިޔާސީ ނުފޫޒުގަދަ މަހުޖަނުން) ގެ ގެދޮރާއި ޔޮޓްފަދަ ބޮޑެތި އެސެޓްތައް އަތުލަފާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

މީގެ އިތުރުން އިއްޔެ ވައިޓްހައުސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހަމަލާތައް ހުއްޓައިނުލާނަމަ މި ފެށޭ ހަފްތާގައި ހާއްސަ ޓާސްކްފޯހަކުން އެ މަސައްކަތް ފަށާނެކަމަށާއި ރަޝިޔާގެ އޮލިގާކުންގެ އެސެޓްތައް ހޯދައި ފްރީޒް ކުރާނެ ކަމަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، އެސެޓްތައް ފްރީޒްކޮށްފާނެ ކަމުގެ ބިރަށް ރަޝިޔާގެ މަހުޖަނުން ދަނީ އެމީހުންގެ މުދާތައް ރައްކާތެރި ހިސާބުތަކަށް ގެންދަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފާއިތުވީ ފެބްރުއަރީމަހު 11 ވަނަ ދުވަހު ރަޝިޔާގެ ޔޮޓެއް މާލެ ކައިރިން ފެނިފައިވެއެވެ. އަދި އެޔޮޓުން ފޭބި ގެސްޓުން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޖުމެއިރާ ވިޓަވެލީގައި މަޑުކުރި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. މަޒް

  އެމީހުން ރާއްޖޭގަ ތިބީޔާ މި ނޫހަށް ކޮން ބަލާއެއް

 2. ރަންނަމާރި

  ރަށިޔާގެ އެއްވެސްބަޔަކަށް ރާއްޖެއިން ހިމާޔަތް ދިނުމަކީ ރާއްޖެ އަށް އޮއިނުރައްކަލެއް