ކުޅިވަރު
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ގެ ގދ މުބާރާތް މި މަހު 19 ވަނަ ދުވަހު ވާދޫގައި ފަށަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް،  ގދ. އަތޮޅު ކައުންސިލް އަދި ގދ. އަތޮޅު ވާދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ގެ ގދ މުބާރާއް މި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ގދ.ވާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ގދ. އަތޮޅު ރަށުކައުންސިލްތަކުން އެންޑޯޒްކުރެވިފައިވާ ކުލަބު އަދި ޖަމްޢިއްޔާތަކަށް ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

ފިރިހެން އަދި އަންހެން ޑިވިޝަން އަށް ކުޅޭ މި މުބާރާތު ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރެވެ. އަދި މުބާރާތުގައި ބައިވެރިވާ ޖަމިއްޔާތަކުގެ ޓީމް ލިސްޓު ހުށަހެޅުން ހަމަ އެ ތާރީޚުގެ ކުރިން ހުށަހެޅުމަށް ވޮލީބޯލް އެސޯސިއޭޝަން އިން އެދެއެވެ.

އަދި މުބާރާތު ގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް events@maldivesvolleyball.mv އަށް މެއިލް ކުރެއްވުމަށްވެސް އެ އެސޯސިއޭޝަންގެ އިއުލާނުގައި ބުނެފައިވެއެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް 2022 ގެ ފުރަތަމަ މުބާރާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ފ އަތޮޅުގަ އެވެ. އެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް އަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުޅުވާލައިގެން ކޮންމެ އަތޮޅެއްގައި ވެސް ވަކިން ބޭއްވޭ މުބާރާތެކެވެ. މި އަހަރުގެ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލެވިގެން އަތޮޅު ލެވެލް އަދި ޒޯން ލެވެލްގައި އަންހެން އަދި ފިރިހެން ޑިވިޜަން ޓީމްތައް ބައިވެރިކުރުވޭ ގޮތަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!