އައްޑޫސިޓީ ލިންކު ރޯޑުގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ބާރަށް ދުއްވާފައި ދިޔަ ކާރެއް އައްޑޫ އާރްއޭއެފް ސަރަހައްދުގައި ހަދަމުން އަންނަ ޕޮލިސް ޓްރެއިނިންގ ސްކޫލުގެ ފާރަށް އަރައިގެންނެވެ.
އާރްއޭއެފް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، ހިތަދޫ ލިންކް ރޯޑުގައި ވެސް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިގެން ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.
މި އެކްސިޑެންޓްގައި ކާރުގައި ހުރި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓް ލިބެއެވެ.