ޚަބަރު
މަކަރާއި ހީލަތުގެ މައްސަލައެއްގައި ސޮނާކްޝީ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސޮނާކްޝީ ސިންހާ ހައްޔަރުކުރުމަށް އިންޑިޔާގެ ކޯޓަކުން އަމުރުކޮށްފިއެވެ.

މޮރާދް އާބާދު ކޯޓަކުން ނެރުނު އަމުރުގައި ބުނާގޮތުގައި ޕްރަމޯދު ޝަރުމާ ނަމަކަށް ކިޔާ މީހަކު އިންތިޒާމު ކުރި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޝޮނާކްޝީއަށް ދައުވަތު ދީ އެކަމަށްޓަކައި 37 ލައްކަ އިންޑިއަން ރުޕީސް ދެއްކި ނަމަވެސް އެ ހަފުލާއަށް ސޮނާކްޝީ ނުދެއެވެ.

އެހެންނަމަވެސް ޕްރަމޯދު ޝަރުމާގެ ފައިސާ އަނބުރާ ދައްކަން ބުނުމުން ސޮނާކްޝީގެ މެނޭޖަރު ވަނީ އެފައިސާ ދިނުމަށް ދެކޮޅު ހަދާފައެވެ. އެތައް ފަހަރެއްގެ މަތިން މިފައިސާ ހޯދުމަށް ޕްރަމޯދް ވަނީ ސޮނާކްޝީ އާ ވާހަކަ ދައްކާފައެވެ.

އެންމެ ފަހުން ޕްރަމޯދް ވަނީ މިމައްސަލަ ފުލުހަށް ހުށަހަޅާފައެވެ. ފުލުހުންނަށް ބަޔާން ދިނުމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އެތައް ފަހަރަކު އެންގުމުންވެސް ސޮނާކްޝީ ބަޔާން ދީފައި ނުވެއެވެ.

ކަންމިހެން ހުރުމާއެކު ކޯޓުންވަނީ މަކަރާއި ހީލަތުގެ މައްސަލާގައި ސޮނާކްޝި ހައްޔަރު ކުރުމުގެ ޢަމުރެއް ނެރެފައެވެ.

މިމައްސަލައިގައި ސޮނާކްޝީގެ ފަރާތުން އެއްވެސް ބަހެއް މީޑިޔާއަށް ލިބިފައިނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!