މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތުގެ އަގު އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ބޮޑުނުކުރިނަމަ ޚިދުމަތް ހުއްޓާލާނެ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
ތެލުގެ އަގަށް އައި ބަދަލާއެކު ޓެކްސީތަކުގެ އަގު ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު ޓެކްސީ ޑްރައިވަރުންވަނީ މިދިޔަ ހަފްތާ ބަންދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެހެންނަމަވެސް ޓެކްސީ ޑްރައިވަރުން ކަނޑައަޅާ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލެއް ނުކުރިއެވެ. އަދި އެގޮތަށް ކަންތައް ނުކުރެވޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިމައްސަލަ އާއި ގުޅިގެން މާލޭ ސަރަހައްދު ޓެކްސީ ޑްރައިވަރުންވަނީ އިއްޔެ އިހުތިޖާޖްކޮށްފައެވެ. އަދި ހޯމަދުވަހުގެ ރޭ މިނިސްޓްރީ އާއެކު އަނެއްކާވެސް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
ރޭ ބޭއްވުނު މިބައްދަލުވުމުގައި ޑްރައިވަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ޓެކްސީތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ޑްރައިވަރުން ވަނީ ގޮވާލާފައެވެ. އެހެން އެކަންތައް ނުވެއްޖެނަމަ ޓެކްސީގެ ޚިދުމަތް ދިނުން ހުއްޓާލާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.
މިގޮތަށް ނިންމީ ގިނަ ޓެކްސީ ސެންޓަރުތަކުގެ ލަފާގެ މަތިން ކަމަށާއި އެހެންކަމުން މާލޭގައި ޓެކްސީގެ ހިދުމަތްދޭ އެއްވެސް ސެންޓަރަކުން ދަތުރު ނުކުރާނެކަމަށްވެސް ޑްރައިވަރުން ބުނެފައިވެއެވެ.
ޑްރައިވަރުންގެ ހުށަހެޅުމަކީ ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީއިން ކުރާ ކޮންމެ ދަތުރަކުން އިތުރު 5 ރުފިޔާ ނެގުމަށެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޓެކްސީގެ އަގުބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޙުއްޓަަާލީމަ ކުލިދައްކަނީ ކިހިނެއް ކަނީކިހިނެއް ހުއްޓާލަން ގޮވާމީހުންނަކީ މަލެ މީހިން މާލޭމީހުންއެބުނާރާއްޖެތެރޭ މީހާ ހާލުގަޖެހޭނީ މާލޭމީހާގެ އަބަދުވެސް ވިސްނުމަކީރާއްޖެތެރޭމީހާ ގަނަތެޅުވުން ވިސްނާތި