ޚަބަރު
އޯގަދަ ފިހާރައިގެ “ޔޮގިނޯސް ޔޯގަޓް”ގެ ރަހަބަލާލުމުގެ ފުރުސަތު މިފަހަރު ތިނަދޫ ސްކޫލްގެ ދަރިވަރުންނަށް

“އޯގަދަ” ފިހާރައިން ކުރިޔަށް ގެންދާ ޖަރުމަނު ވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ، ޔޮގިނޯސް ބްރޭންޑްގެ ޔޯގަޓް، ރަހަބަލާލުމުގެ މިފަހަރުގެ ފުރުޞަތު ޚާއްސަކުރީ ތިނަދޫގައި ހިންގާ ޕްރައިމަރީ ސްކޫލެއް ކަމުގައިވާ، ތިނަދޫ ސްކޫލްގެ ދަރިވަރުންނަށެވެ.

ޔޮގިނޯސް ބްރޭންޑްގެ ޔޯގަޓް ރާއްޖެ އެތެރެކޮށް މާކެޓް ކުރާފަރާތަކީ ބިޔޯންޑް ޓްރޭޑިންގް ކަމުގައިވާއިރު، އޯގަދަ ވެފައިވަނީ ޔޮގިނޯސްގެ ހުވަދު އަތޮޅުގެ ސޯލް ޑިސްޓްރިބިއުޓަރ ކަމުގައެވެ. ތިނަދޫ ސްކޫލްގެ ގްރޭޑް 3 އިން ފެށިގެން ދަށުގެ ދަރިވަރުންނަށް ޔޮގިނޯސް ޔޯގަޓް ހަދިޔާކުރެވުނީ، މިއަދު ހެނދުނު އެސްކޫލްގައި ކުރިޔަށް ގެންދެވުނު ޚާއްސަ ހަރަކާތެއްގައެވެ.

ޔޯގިނޯސް ޔޯގަޓް ރަހަބަލާލުމަށް ތިނަދޫ ސްކޫލުގައި ކުރިޔަށް ގެންދެވުނު އިވެންޓުގެ ތެރެއިން

މީގެ ކުރިން ހުވަދޫ މީޑިއާއަށް މައުލޫމާތު ދެއްވަމުން، އޯގަދަ މާކެޓިންގ ޓީމުން ބުނެފައިވަނީ، ޖަރުމަނު ވިލާތުގެ ޔޮގިނޯސް ޔޯގަޓް ރަހަބަލާލުމުގެ ފުރުޞަތު ހުވަދު އަތޮޅުގެ ހުރިހާ ޕްރައިމަރީ ސްކޫލަކަށް ދިނުމަށް އެކުންފުނިން ވިސްނާފައި ވާކަމަށެވެ.

އޯގަދަ މާކެޓިންގ ޓީމްއިން މައުލޫމާތުދޭގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި، އޯގަދަ މާކެޓިންގ ޓީމުން ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގެ ގްރޭޑް 3 އިން ފެށިގެން ދަށް ގްރޭޑްތަކުގެ ކުދިންނަށް ޔޮގިނޯސް ޔޯގަޓް ރަހަބެލުމުގެ ފުރުޞަތު ފޯރުކޮށްދިނުމަކީ އެކުންފުނީގެ ވަރަށްބޮޑު އަމާޒެއްކަމުގައެވެ.

އޯގަދަ އަކީ، މުޅި ހުވަދު އަތޮޅަށް އަމާޒުކޮށްގެ ފުޅާދާއިރާއެއްގައި ހޯލްސޭލް މުދާ ވިއްކަމުން އަންނަ ތިނަދޫގެ ވިޔަފާރި ކުންފުންޏެކެވެ. އަދި މިއީ ހުވަދު އަތޮޅުގައި ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ހޯލްސޭލް ވިޔަފާރި ކަމުގައި އެކުންފުނިން މަޢުލޫމާތު ދެއެވެ. އޯގަދަ އަކީ ނަމުންވެސް ތަފާތު، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ވިޔަފާރި ކުރަމުން އަންނަ ވިޔަފާރީގެ ތަޖުރިބާ ބޮޑު ކުންފުންޏެކެވެ.

އޯގަދަ ކުންފުނީގެ މާކެޓިންގ އެންޑް ފައިނޭންސް ކޮންޓްރޯލާ، އަޒްމީލް އަޙުމަދު، ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އޯގަދައިން އަބަދުވެސް، ސްކޫލްތަކާއި ވަރަށްބޮޑު ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށެވެ. އަދި ފުރުޞަތު ލިބޭ މިންވަރަކުން ސީއެސްއާރު ގެ ދަށުން، ހުވަދު އަތޮޅުގެ ސްކޫލްތަކަށް ތަފާތު ކަންކަމުގައި އެހީތެރިކަން ދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

2006 ވަނަ އަހަރު ތިނަދޫގައި އޯގަދަ ކުންފުނިން ހުޅުވި، އެކުންފުނީގެ ދެވަނަ ފިހާރަކަމުގައިވާ “ނިކަންގަދަ” ފިހާރަޔަކީ، ހޯލްސޭލް ވިޔަފާރިއަށް ޚާއްސަކޮށްގެން ތިނަދޫގައި އަދި މުޅި ހުވަދު އަތޮޅުގައިވެސް ހުޅުވިގެން ދިޔަ ފުރަތަމަ ފިހާރަވެސް މެއެވެ. ފުޅާ ދާއިރާއެއްގައި ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ނިކަންގަދަ އިން އަންނަނީ މުދާ ހޯލްސޭލް ކުރަމުންނެވެ.

ނިކަންގަދަ ފިހާރައަކީ، ތިނަދޫ ބަދަރު ސަރަހައްދުގައި، އެސްޓީއޯގެ ކައިރީގައި، ތާރު މަގުގައި ހުންނަ ފިހާރައެކެވެ. ނިކަން ގަދަ ހޯލްސޭލް ފިހާރައިން، ތަފާތު ބާވަތްތަކުގެ ޑެއިލީގުޑްސް، ދަތުރުވެރިންނަށް ފަސޭހަކަމާއެކު، އެއްތަނަކުން ލިބެން ހުރެއެވެ. ބައްލަވައިގަންނަ ހުރިހާ މުދަލެއް، ފެރީއަށް ނުވަތަ ގެއަށް ޑެލިވަރީ ކުރުމުގެ ޚިދުމަތްވެސް، ނިކަންގަދަ ފިހާރައިން ފޯރުކޮށްދެއެވެ.

ތިނަދޫގައި ހުންނަ ނިކަންގަދަ ފިހާރައިގެ ފޮޓޯއެއް

ތަފާތު ބްރޭންޑްތަކުގެ އޮރިޖިނަލް ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ، އޯގަދަ ކުންފުނީގެ ވަރަށްބޮޑު އަމާޒެކެވެ. އާންމުކޮށް ގޭގެއަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދާ، ތަފާތު ކިރުގެ އުފެއްދުންތައް، ދޮންނަކުނޑި އަދި ފާޚާނާ ސާފުކުރުމަށް ބޭނުންވާ ސާމާނު، ހޯލްސޭލްކޮށް ނިކަންގަދަ އިން ލިބެން ހުންނާނެއެވެ.

މުދާ ބައްލަވައިގަންނަން، ތިނަދޫއަށް އައުމުގެ ބަދަލުގައި، އޯގަދަ ނަންބަރަށް ވައިބަރ މެސެޖްކޮށްލެއްވުމުން، ބޭނުންވާ ކޮންމެ މުދަލެއްގެ އަގު ބަލާލެވި، ފައިސާ ދެއްކުމުން، ފެރީއަށް ޑެލިވަރީ ކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. މިގޮތުން އޯގަދަ ވައިބަރ ނަންބަރު، 7754629 އަށް ވައިބަރ އިން މެސެޖްކުރެއްވުމުން، ނުވަތަ ގުޅުއްވުމުން، އޯގަދައިން ވިއްކާ ތަފާތު މުދަލުގެ އަގު ބަލާލެވޭނެއެވެ.

އޯގަދަ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ކޮލިޓީ ފެންވަރު ރަގަނޅު އުފެއްދުންތަކެއް މުޅި ހުވަދު އަތޮޅަށް އަމާޒުކޮށްގެން ހޯސޭލް ކުރުމަށެވެ. އޯގަދައިގެ ކޮންމެ ޕްރޮޑަކްޓަކީ، ބައްލަވައިގަންނަ ކަސްޓަމަރުން، ބޭއިޚްތިޔާރުގައި އޯގަދަ ބުނެލެވޭ ފެންވަރުގެ ޕްރޮޑަކްޓަކަށް ހެދުމެވެ. ތަފާތު ޕްރޮޑަކްޓް ތަކުގެ އަގު ބަލައި، އާ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދެނެގަތުމަށް އޯގަދަ ކޮމިއުނިޓީ ވައިބާ ގްރޫޕާއި ގުޅިވަޑައިގަތުމަށް އޯގަދަ ކޮމިއުނިޓީ ވައިބާ ގްރޫޕް އިޚްތިޔާރު ކުރައްވާށެވެ.

ކަސްޓަމަރުންނަށް އޯގަދަ ބުނެލެވޭ ފެންވަރު ރަނގަޅު ކޮލިޓީ އުފެއްދުންތައް އަބަދުވެސް އޯގަދައިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޯގަދަ ކުންފުނިން ދީފައިވެއެވެ. ވިޔަފާރީގައި އިތުބާރު ކުރެވޭ، ތަޖުރިބާ ހުރި، ފެންވަރު ރަނގަޅު ކޮލިޓީ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ހޯއްދެވުމަށް އޯގަދަ އިޚްތިޔާރުކުރެއްވުން ކިހިނެއް ވާނެތޯއެވެ؟

ހަޤީޤަތުގައިވެސް އޯގަދަ ތަކެތި ވަރަށް ގަދަވެފައި ސަޅި އެވެ. އަދި ތަފާތު އެކި ބާވަތުގެ ޑެއިލީ ގުޑްސް، ހޯލްސޭލްކޮށް ނިކަންގަދަ އިން ލިބޭނެއެވެ.

ތިނަދޫ ސްކޫލްގައި މިއަދު ކުރިޔަށް ގެންދެވުނު އިވެންޓަކީ، ޔޮގިނޯސް ޔޯގަޓް ރަހަބެލުމުގެ ފުރުޞަތު ދިނުމަށް ތިނަދޫގައި ބޭއްވުނު ދެވަނަ އިވެންޓެވެ. ޔޯގަޓްގެ ބޭނުންކުރި ގިނަ ކުދިން ވަރަށް ޕޮސިޓިވް ފީޑްބެކް ދިނުމާއި އެކު، ބެލެނިވެރިންވެސް މިއީ ކޮލިޓީ ޔޯގަޓެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ޔޮގިނޯސް ޔޯގަޓް ރަހަބަލާލުމުގެ އިވެންޓްތައް ކުރިޔަށް ގެންގޮސް، ހުވަދު އަތޮޅުގެ އެހެނިހެން ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ޔޮގިނޯސް ޔޯގަޓް ރަހަބަލާލުމުގެ ފުރުސަތު ދޭނެ ކަމަށް އޯގަދަ ކުންފުނިން މަޢުލޫމާތު ދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!