ޚަބަރު
ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ ފެށިގެން ކުރިޔަށް ދަނީ

ޓެކްސީތަކުގެ އަގު ބޮޑުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން އެއްބަސް ނުވުމާއި ގުޅިގެން މާލެ ސަރަހައްދު ޓެކްސީ ސެންޓަރުތަކުން މިއަދު މުޒާހަރާ ފަށައިފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވެ ރާއްޖޭގައިވެސް ތެޔޮ އަގުބޮޑުކުރުމުން ޓެކްސީ ޑްރައިވަރުން ވަނީ ދަތުރުތަކުގެ އަގުބޮޑުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެހެންނަމަވެސް ޑްރައިވަރުން ކިޔާފައިވާ އަގާއި މިނިސްޓްރީން އެއްބަސް ނުވިއެވެ. އަދި މިނިސްޓްރީގެ ހުއްދަނެތި ދަތުރު އަގުބޮޑުކުރާނަމަ ޤަވައިދުން ފިޔަވަޅު އަޅާނެ ކަމަށް އެމިނިސްޓްރީން ވަނީ އަންގާފައެވެ.

ޓެކްސީ ސެންޓަރުތަކުން ދީފައިވާ މުހުލަތު ހަމެވެގެން ދިޔައިރުވެސް މިނިސްޓްރީން ދަތުރުތަކުގެ އަގަށް ބަދަލު ގެނެސްފައިނުވާތީ މިއަދު މެންދުރު 2 ގެ ފަހުން ޓެކްސީގެ ޚިދުމަތްތައް މެދުކަނޑާލާ ޑްރައިވުން ވަނީ މުޒާހަރާކޮށްފައެވެ. މިމުޒާހަރާގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ބައިވެރިވެފައިވާއިރު، މިފަހަރުގެ މުޒާހަރާއަކީ ހައްލެއް ނުލިބެނީސް ނިންމާލާނެ މުޒާހަރާއެއް ނޫންކަމަށް ޑްރައިވަރުން ދަނީ ބުނަމުންނެވެ.

އެހެންކަމުން ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވިދާޅުވަނީ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރުމަށް ފަހު މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ބުނާގޮތުގައި މިއަދަކީ ހަފްތާގެ އެންމެ ފަހު ދުވަސް ކަމުން މިއަދު ނުދިން ޖަވާބެއް ފަހުން ދޭނަމޭ ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. ސަބަބަކީ މިހާރު ފަށާފައިވާ މުޒާހަރާ ނިންމާލާނީ މިމައްސަލައަށް ހައްލެއް ލިބުމުން ކަމަށް ޑްރައިވަރުން ބުނަމުންދާއިރު ދެން ސަރުކާރު ހުޅުވިގެން މިނިސްޓްރީން ޖަވާބެއް ލިބޭނީ އަންނަ އާދީއްތަ ދުވަހު ކަމަށްވާތީއެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރިކަމުގައިވިޔަސް އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ކޮންމެ ޓެކްސީ ސެންޓަރަކުންވެސް ދެ ޓެކްސީ ދުއްވުމުގެ ހުއްދަ ވަނީ ދީފައެވެ. އެފަދަ ދަތުރުތަކުން ފައިސާ ނުނަގާނެއެވެ.

ޓެކްސީ ޑްރައިވަރުންގެ އެދުމަކީ ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ކޮންމެ ދަތުރަކުން 5 ރުފިޔާ އިތުރުކުރުމެވެ. އެހެންނަމަވެސް އެގޮތް މިނިސްޓްރީއަކަށް ކަމަކު ނުދިޔައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!