ޚަބަރު
ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ އިނގިރޭސި ފޮތެއްގައި ލާދީނީ ވާހަކަތަކެއް

ރާއްޖޭގައި ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ އިނގިރޭސި ފޮތެއްގައި ލާދީނީ ވާހަކަތަކެއް ހިމަނާފައިވާ މައްސަލައެއް ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ އިއްތިހާދުން ބުނާގޮތުގައި ރާއްޖޭގައި ގްރޭޑް 5 ގެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ އިނގިރޭސި ފޮތް “އެކްސްޕްލޯރިން އިންގްލިޝް” ގައި ލާދީނީ ވާހަކަތަކެއް ހިމަނާފައިވެއެވެ. އަދި އެފޮތުގައި ޣައިރު ދީނެއްގެ ކަލާނގެއެއް ޕްރޮމޯޓްކޮށްފައިވާ ކަމަށް ރައްޔިތުންގެ އިއްތިހާދުން ވަނީ ބުނެފައެވެ.

އެއިއްތިހާދުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެހެން ދީނެއްގެ ބަޔަކު ކަލާނގެއެއް ކަމުގައި ދެކޭ އެއްޗެއްގެ މޮޅުކަން ގްރޭޑް ފަހެއްގެ އިނގެރޭސި ފޮތުގައި ބަޔާން ކޮށްފައިވާ ކަމަށާއި، އެ ފޮތަކީ ރާއްޖޭގެ އެންއައިއީއާއި އިންޑިއާގެ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްއާ ގުޅިގެން ޝާއިއުކުރި ފޮތެއް ކަމަށެވެ. އަދި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅައި، އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އިސްލާމްދީނާ ހިލާފު ވާހަކަތައް ހުރި ފޮތުގެ ހުރިހާ ޗާޕެއް އިސްލާހު ކުރުމަށް ނުވަތަ ލާދީނީ ވާހަކަތައް ހިމެނޭ ފިލާވަޅު ނެގުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށްވެސް ވަނީ އެދިފައެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އެޑިއުކޭޝަން މިނިސްޓްރީއާ އެހެނިހެން އިދާރާތަކަށް ސިޓީ ފޮނުވައިގެންވެސް ޖަވާބު ލިބިފައިނުވާ ކަން އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!