މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަގު އައިޑީ ހަދައިގެން އުޅޭ ފިނޑިންގެ ބޭނުމަކީ އެހެން މީހުންގެ ވަގުތު ބޭކާރުކޮށް، އެހެން މީހުންގެ ސަމާލުކަން ހޯދުން ކަން ދަންނަން ޖެހޭ ކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒް މިއަދު ވިދާޅުވީ، މީސްމީޑިއާގަ މިއަދު ވަރަށް ގިނަ ކުރިން ބިޒީ ވެފައިވަނީ ބޭކާރު ބަހުސް ކުރުމުގައި ކަމަށާއި، ހާއްސަކޮށް ކާކުކަމެއް ނޭނގޭ ވަގު އައިޑީ ތަކާއި ޒުވާބު ކުރުމުގައި ކަމަށެވެ.
ވަގު އައިޑީތައް ހަދައިގެން އުޅޭ ފިނޑިންގެ ބޭނުމަކީ އެހެން މީހުންގެ ވަގުތުތައް ބޭކާރުކޮށް، އެހެން މީހުންގެ ސަމާލުކަން ހޯދުން ކަން ދަންނަން ޖެހޭ – އަލީ ރަމީޒް ވިދާޅުވިއެވެ.
އަލީ ރަމީޒު މިހެން ވިދާޅުވެފައިވާއިރު، މީސްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ކާކުކަން ނޭނގޭ ވަގު އައިޑީތައް ހަދައިގެން މީސްމީހުންގެ އަނބުރު ކަތިލައި އަދި މީސްމީހުންނާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ މައްސަލަތަކަކީ އާންމުކޮށް ދިމާވެފައިވާ މައްސަލަތަކެކެެވެ.