ޚަބަރު
ކައިޒީން އާއި ޖާބިރުގެ ތަފާތު ފެނިލުމެއް

މި އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން ޤައުމީ ލަވައެއް ގެނެސް ދިނުމުގެ މަސައްކަތް ޖާދުﷲ އިސްމާއީލް (ޖާދު) ކުރަމުންދާއިރު، މި ލަވައިގައި މަޝްހޫރު މޮޑެލް ކައިޒީން އާއި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޖާބިރު ފެނިގެންދާނެ ކަމަށް ޖާދުﷲ ބުނެފިއެވެ.

ޖާދު މިހެން ބުނެފައިވަނީ މި ލަވައިގެ ޝޫޓިންގ ތެރޭގައި ކައިޒީން އުޅެނިކޮށް ނަގާފައި އިން ފޮޓޯއެއް “ހުވަދޫ ނިއުސް” ޓީމް އަށް ލިބުމުން، މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި އަދި ފެޝަން ޑިޒައިނަރ ޖާދު ބުނީ، ކައިޒީން އާއި ޖާބިރުގެ އިތުރުން ހީވެސް ނުކުރާހާ މީހުން މި ލަވައިން ފެނިގެން ދާނެ ކަމަށާއި، 100 އެއްހާ ދިވެހިން ފެނިގެން ދާނެ ކަމަށެވެ.
” މި ލަވައަކީ މިހާތަނަށް ޖާދު ތައްޔާރު ކުރާ އެންމެ ބުރަ މަސައްކަތް. ލަވައިގައި ތަފާތު ދާއިރާއިން ގިނަ ބަޔަކު ބައިވެރިވި. ކައިޒިން އާއި ޖާބިރު ގެ އިތުރުން ވެސް ސިޔާސީ, ، އަދި އެކިއެކި ދާއިރާގެ މީހުން ބައިވެރިވޭ. ކޮންމެ މީހަކުވެސް އެމީހެއްގެ ބައި ކުޅެފައިވަނީ ގައުމީ ކަމެއްގެ ގޮތުގައި ދެއްކިގެން ” – ޖާދުﷲ އިސްމާއީލް (ޖާދު)

ޖާދު ޑައިރެެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ) ކެމެރާކޮށް ގެނެސްދޭ ލަވަ ކިޔާފައި ވަނީ ޖޫނީ އާއި އިޝާމްއެވެ. އަޝްރަފްގެ ޅެންވެރިކަމުގެ މި ލަވަޔަށް މިއުޒިކް ތައްޔާރު ކުރީ ޝާޒް ސަޢީދު އެވެ.

” ތޭރަވާގެ ވަރަށް ބޮޑު އެއްބާރުލުން މި ލަވަޔަށް ލިބުނު އަދި އެކި ގޮތް ގޮތުން އެހީވެ ދިން އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” – ޖާދުﷲ އިސްމާއީލް (ޖާދު)

މިއީ ވަރަށް ކުރީގެ ދިވެހިވަންތަ ރާގަކަށް ބަދަލުތަކެއް ގެނެސްގެން ހަދާފައިވާ މި ވީޑިއޯ ލަވައެކެވެ. މިނިވަން ދުވަހުގެ ޚާއްޞަ މިލަވަ ފެނިގެންދާނީ ހޯމް މިނިސްޓްރީން ޕީއެސްއެމް މެދުވެރިކޮށް ޖުމްލަ 26 ވަނަ ދުވަހު ދައްކާ މިނިވަން ދުވަހުގެ ޓެލެތޯނުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ކިދިިދިދިިދދިިިދ

    ހޭރިފަ ހުންނަ ބޭކާރު ބަނޑިތައް ނުހުންނާނެ ކަމަށް މި ބަލަނީ