ޚަބަރު
ސިނޯފާމް ވެކްސިން ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް ވަރަށް ކާމިޔާބު

ޗައިނާގައި އުފައްދާ ސިނޮފާމް ވެކްސިނަކީ، ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް ވަރަށް ފުރިހަމަ އަށް މަސައްކަތްކުރާ ވެކްސިނެއް ކަމަށް އައު ދިރާސާއަކުން ދައްކައިފި އެވެ.

ސްރީލަންކާގެ ސްރީ ޖަޔަވަރުދަނަޕޫރާ ޔުނިވަސިޓީން ކުރި ދިރާސާގައި ބައިވެރި ކުރި 282 މީހުންނަށް ސިނޮފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ ދެ ހަފުތާގެ ތެރޭގައި، އޭގެ ތެރެއިން 95 ޕަސެންޓް މީހުންގެ ހަށިގަނޑުގައި، ކޮވިޑް-19 ޖައްސާ ވައިރަހުގެ ޑެލްޓާ ބާވަތުގެ ވައިރަހުގެ ބާރު މުޅިން ކަނޑުވައިލާ އެންޓިބޮޑީ އުފެދިފައިވެ އެވެ.

މި ވެކްސިން އެންމެ ފުރިހަމައަށް މަސައްކަތް ކުރަނީ 20-39 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ހަށިގަނޑުގައި ކަމަށް ވެސް އެ ދިރާސާއިން ބުނެފައިވެއެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ކޮވިޑާއި ދެކޮޅަށް އުފެދުނު އެންމެ ވަރު ގަދަ ފައިޒާ އާއި މޮޑާނާ ވެކްސިން މި ވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ކުރާ މިންވަރު ކުޑަ ކަމަށް ވެސް ފަހުގެ ދިރާސާ ތަކުން ދައްކައެވެ. އެހެން ނަމަވެސް މީގެ ކުރިން ފައިޒާ އިން ވަނީ ޑެލްޓާ ވޭރިއަންޓާއި ދެކޮޅަށް އެ ވެކްސިންގެ 3 ވަނަ ޑޯޒެއް ޖެހުމުގެ ހުއްދައަށް އެދިފައެވެ.

ސިނޮފާމް ވެކްސިން ބޭނުންކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މެއި މަހުގެ ތެރޭ ހުއްދަ ދީފައި ވާއިރު، މި ވެކްސިންނަކީ ރާއްޖޭގައި ވެސް ދެމުން އަންނަ ވެކްސިނެއް ކަން ފާހަގަ ކޮށްލެވެއެވެ. މި ވެކްސިނުގެ އިތުރަށް ރާއްޖޭގައި ޖަހަމުން ދަނީ އިންޑިއާގެ ކޮވިޝިލްޑެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!