ޚަބަރު
ތިނަދޫ ސްކޫލްގެ ޓީޗަރުން ދަރިވަރުންނަށް މިއަދު މަރުހަބާކީ ވަރަށްވެސް ތަފާތުކޮށް

ތިނަދޫ ސްކޫލްގެ ޓީޗަރުން މިއަދު އެ ސްކޫލްގެ ދަރިވަރުންނަށް މަރުހަބާކީ، އެހެން ދުވަސްތަކާއި ވަރަށްބޮޑަށް ތަފާތު ގޮތަކަށެވެ.

ތިނަދޫގެ ޕްރައިމަރީ ސްކޫލެއް ކަމުގައިވާ ތިނަދޫ ސްކޫލްގެ ޓީޗަރުން އެ ސްކޫލްގެ ދަރިވަރުންނަށް މިއަދު މަރުޙަބާ ކިޔާފައިވަނީ އެހެން ދުވަސްތަކާއި ވަރަށްވެސް ތަފާތު، އެކުދިންގެ މެދުގައި މަޤްބޫލު، އަދި ކިޔާ ފޮތްތަކުގައި އުޅޭ ތަފާތު ކެރެކްޓަރ އަށް ވެގެންނެވެ.

ތިނަދޫ ސްކޫލްގެ ރީޑީންގ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ތެރެއިން- ފޮޓޯ: ތިނަދޫ ސްކޫލް

ޓީޗަރުންގެ މި ތަފާތު ސަޕްރައިޒާއި އެކު، ހުރިހާ ކުދިންގެ ދުވަސް ފެށިގެން ދިޔައީ، އެކުދިން އެންމެ ލޯބިވާ ޓީޗަރުން، ކޮންމެ ކުއްޖެއްގެ މޫނަށް ގެނުވި، ލޯބި ލޯބި ހިނިތުންވުމާއި އެކުއެވެ. މިއަދަކީ އެސްކޫލްގެ ރަސްމީ އެސެމްބްލީ އޮންނަ ދުވަސްކަމުގައި ވުމުން، ސްކޫލް ފެއްޓިގެން ދިޔައީ ހެނދުނުގެ އެސެމްބްލީ އާއި އެކުއެވެ. މިއަދުގެ ޚާއްސަ އެސެމްބްލީގައި، ޕެންޑަމިކާއި ގުޅިގެން ހުއްޓިފައި އޮތް ސްކޫލްގެ ރީޑިންގ ޕްރޮގްރާމް ބޮޑު ބަދަލަކާއިއެކު ވަނީ އިފްތިތާޙު ކޮށްފައެވެ.

ތަފާތު 32 ކެރެކްޓަރގެ ގޮތުގައި، ހުރިހާ ޓީޗަރުން ދަރިވަރުންނަށް ފެނިގެން ދިޔައިރު، މިއިން ކޮންމެ ކެރެކްޓަރ އަކީވެސް، ކުދިން ދަންނަ، މަޝްހޫރު ފޮތްތަކުގައި އުޅޭ ކެރެކްޓަރ އެކެވެ. ދިވެހި އަދި އިނގިރޭސި ބަހުގެ ވާހަކަ ފޮތްތަކުން އެކުދިން ދަންނަ ކެރެކްޓަރސް ތަކުގެ ތެރޭގައި ހިމެނޭ، ފޫޅު ދިގު ހަންޑި، ހަޑިގިއްލާ، ރަތް ކުކުޅު، ސަންތިމަރިޔަބު، ޑޯރާ، ހެރީ ޕޮޓާ، މޭވިސް އަދި ވިމްޕީކިޑް ފަދަ ކުދިންގެ މެދުގައި މަޤްބޫލް ކެރެކްޓަރތަކުގެ ކޮސްޓިއުމްގައި ޓީޗަރުން ވަނީ ހެދުން އަޅާފައެވެ.

އެސެމްބްލީއަށް ފަހު، ސްކޫލްގެ ގޯތިތެރޭގައި އެކި ކީސްޓޭޖްތަކުގެ ދަރިވަރުންނަށް ތައްޔާރުކުރެވިފައިވާ ރީޑިންގ ކޯނަރ ތަކަށް ދަރިވަރުން ގެންދެވުނެވެ. މިއިން ކޮންމެ ކޯނާއެއްވެސް ތައްޔާރު ކުރެވިފައި ހުރީ އެކުދިންގެ އުމުރާއި ގުޅޭ ތަފާތު ފޮތްތަކާއި ގުޅޭ މަޢުލޫމާތު އަދި މަޝްހޫރު ލިޔުންތެރިންގެ ތަފާތު ކޯޓުތައް ފެންނާނެ ހެން ހިމަނައިގެންނެވެ. ރީޑިންގ ކޯނަރތަކުން ތަފާތު ކެރެކްޓަރ ދެއްކުމަށްފަހު، އެއީ ކޮން ވާހަކައެއްގައި އުޅޭ ކެރެކްޓަރއެއްތޯ ދިމާކުރުމުގެ ކުދި ހަރަކާތްތައް، އަދި، ތަފާތު އެކި ވާހަކަތަކުން، ގެނެސްދޭ، ޚާއްސަ މެސެޖު އަދި އެވާހަކައިން ލިބިގެންދާ އިބުރަތް ކުދިންނާއި ހިއްސާކުރެވިފައި ވެއެވެ.

ސްކޫލް ދަރިވަރުންގެ ފޮތް ކިޔުމުގެ ހުނަރު އިތުރުކޮށް ބަހަށް ލޯބިޖެއްސުމަށް، ތިނަދޫ ސްކޫލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ރީޑިންގް ޕްރޮގްރާމް، ކުދިން ގަޔާވާ ގޮތަކަށް، ވަރަށް ކުލަގަދަކޮށް، ތަފާތުކޮށް މިއަހަރު އިފްތިތާޙު ކޮށްފައިވާއިރު، ދިވެހި އަދި އިނގިރޭސި، ދެބަހުން މިޕްރޮގްރާމް ކުރިޔަށް ގެންދެވޭ ކަމަށް އެސްކޫލުން މަޢުލޫމާތު ދެއެވެ. ދިވެހި ރީޑިންގް ޕްރޮގްރާމަށް “ހަލިދޫ” ގެ ނަން ދެވިފައިވާއިރު، އިނގިރޭސި ރީޑިންގ ޕްރޮގްރާމަށް “ސްޓާ ރީޑަރ” ގެ ނަން ދީފައިވާކަން އެސްކޫލުން ފާހަގަކުރެއެވެ.

މިއަދު ތިނަދޫ ސްކޫލުގައި ކުރިޔަށް ގެންދެވުނު ޚާއްސަ ހަރަކާތާއި ގުޅޭގޮތުން ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ސްކޫލްގެ ލީޑިންގ ޓީޗަރ ޝިފާ މުޙައްމަދު ބުނުއްވީ، އެހެން އަހަރުތަކުގެ ރީޑިންގ ޕްރޮގްރާމްތަކާއި ވަރަށްބޮޑަށް ތަފާތުކޮށް މިފަހަރުގެ ޕްރޮގްރާމްގައި، ތަފާތު ވައްތަރުގެ ފޮތްތަށް ކިޔުމަށް ދަރިވަރުންނަށް ބާރު އަޅާފައި ވާނޭ ކަމަށެވެ. ދަރިވަރުންނަކީ ފޮތަށް އަހުލުވެރި ބަޔަކަށް ހަދައި، ފޮތްކިޔުމުގެ ހުނަރު ކުދިން ކިބައިގައި އަށަގަންނެވުމަށް، ތަފާތު ޗެލެންޖްތައް ކުދިންނަށް ދެވޭނެ ކަމަށާއި، އަދި ކޮންމެ ދެހަފްތާއިން އެއްފަހަރު ގޮތަކަށް ރައުންޑެއް ނިމި، އެންމެ ގިނަ ފޮތް ކިޔާ ކުދިން ފާހަގަކުރުމުގެ އިތުރުން އާރައުންޑެއް ފެށިގެންދާނެ ކަމަށެވެ.

ދަރިވަރުންގެ ކިޔުމުގެ ހުނަރު އިތުރުކޮށް، ބަސް ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން، ތިނަދޫ ސްކޫލުން ކުރިޔަށް ގެންދާ ރީޑިންގ ޕްރޮގްރާމަކީ، އޭގެ ސަބަބުން، ދިވެހި ބަހާއި، އިނގިރޭސި ބަސް ދަސްކުރުމަށް ދަރިވަރުންނަށް ވަރަށްބޮޑު އެހީތެރިކަމެއް ލިއްބައިދޭނެ ކަމެއްގެ ގޮތުގައި ލީޑިންގ ޓީޗަރ ޝިފާ މުޙައްމަދު ބުނެއެވެ. ކުރީގެ ޕްރޮގްރާމްތަކުގެ ތަޖުރިބާއަށް ބަލާއިރު، ރީޑިންގް ޕްރޮގްރާމްގެ ސަބަބުން، ދަރިވަރުންގެ ބަހުގެ ބަސްކޮށާރު ވަރަށް ބޮޑަށް މުއްސަނދިކަމެއް ލިބިގެންދާކަމުގައި ޝިފާ ފާހަގަކުރެއެވެ.

ދަރިވަރުންނަށް ދެވޭ ތަފާތު އެވޯޑުތަކުގެ ތެރޭގައިވެސް ރީޑިންގ އެވޯޑް ތަޢާރަފްވެފައި ވުމުން، ދަރިވަރުންގެ ކިޔުމުގެ ހުނަރު އިތުރުކުރުމަށް ރީޑިންގ ޕްރޮގްރާމްތައް ކޮންމެހެންވެސް ކުރިޔަށް ގެންދުން މުހިންމު ކަމުގައި އެސްކޫލުން ދެކެއެވެ.

ފޮތްކިޔުމަކީ މުސްކުޅި، ފޫހި ކަމެއްގެ ގޮތުގައި އަދުގެ ޖީލުތަކުން ދެކޭ ގޮތް ބަދަލުކޮށް، ފޮތް ކިޔުމަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް ސްކޫލްތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. ފޮތް ކިޔުމުން އެމީހެއްގެ ބަސްކޮށާރު ތަނަވަސްވެ ބަހަށް އެމީހާ މޮޅުވާ ސަބަބަކަށް ވުމުގެ އިތުރުން ފޮތް ކިޔުމަކީ އިންސާނުންގެ ވިސްނުން ތަނަވަސްކޮށްދީ، ތަފާތު ހާލަތްތަކަށް ކަންތައް ކުރާނެ ގޮތް ސިކުނޑިއަށް ވިސްނުވައިދީ، އަވަހަށް ގޮތް ނިންމުމުގެ ކުޅަދާނަކަންވެސް އިތުރުކުރުވާ ކަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!