ޚަބަރު
ސްޓްރެޗަރ ހުރެފައި، ގޯނިގަނޑެއްގައި ބަލިމީހަކު އުފުލުމަކީ ހިތާމަކުރާކަމެއް- ފިރުޝާން

ގދ. ނަޑެއްލާގައި ގޯންޏަކަށް ލައިގެން ބަލިމީހަކު ލޯންޗަކަށް އަރުވާ މަންޒަރު ކަމަށް ބުނެ ދައުރުވެފައިވާ ފޮޓޯއަކާއި ގުޅިގެން ތަފާތު މީޑިޔާތަކުން އެވާހަކަ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ސޯޝަލް މީޑިޔާގައި ދައުރުވެފައިވާ ފޮޓޯއަކީ ކޮން އިރެއްގައި ނަގާފައިވާ ފޮޓޯއެއް ކަމުގައި ސާވުވެފައި ނުވެވީނަމަވެސް، ކޮވިޑް19 ގެ ނުރައްކާތެރި ހާލަތެއްގައި ގދ. ނަޑެއްލާއަށް ކުރިމަތިވެ އެރަށުގައި އެމްބިއުލާންސެއް ނެތްތާ އަހަރުތަކެއް ވެ، އެމްބިއުލާންސްގެ ވާހަކަ މީޑިޔާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާފައިވާ މިފަދަ ދަނޑިވަޅެއްގައި، ގިނަ ބަޔެއްގެ ސަމާލުކަން މިފޮޓޯއަށް ހުއްޓިގެން ގޮސްފައިވެއެވެ.

މިފޮޓޯއާއި ގުޅިގެން މަޑެވެލިދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސައިން ފިރުޝާން ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވާގޮތުގައި، ނަޑެއްލާގައި ސްޓްރެޗަރ ހުރެމެ، ގޯނިގަނޑެއްގައި ބަލިމީހަކު އުފުލުމަކީ ހިތާމަކުރައްވާ ކަމެކެވެ. އަދި އެމްބިއުލާންސް ވަނީ ހަލާކުވެފައިކަމަށް ފިރުޝާން އިތުރަށް ވިދާޅުވެފައި ވެއެވެ. އަދި މިއަދު ސަރުކާރުން ފޮނުވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް ވަނީ ފުރުވާލެފިފައިކަމަށް ފިރުޝާން ވިދާޅުވިއެވެ. އެމްބިއުލާންސް ފޮނުވުމަށް ޓްރާންސްޕޯރޓް ހަމަޖައްސަވައިދެއްވި “މެކްސަން މޮރީނިއޯ” އަށް މެމްބަރު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރ އަހްމަދު ނަސީމްގެ ނަން ފާހަގަކޮށް، ހެލްތް މިނިސްޓްރީގެ ބޭފުޅުން މިއަދު ހެނދުނުއްސުރެ، އެމްބިއުލާންސް ދޯންޏަށް ލޯޑުކުރެއްވުމަށް ކޮށްފައިވާ މަސައްކަތް ފާހަގަކޮށް މެމްބަރ ޝުކުރު އަދާކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ޙާލަތު އިންތިހާޔަށް ގޯސްވެ މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާ ނަޑެއްލާ ސިއްހީމަރުކަޒުގައި އެމްބިއުލާންސެއް ނެތުމުން އާންމު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. ނަޑެއްލާގައި އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާތާ މިހާރު 2 އަހަރަށް ފަހު އެމްނިއުލާންސެއް ލިބިގެން ދިޔުމަކީ، ގިނަ ރަށްޔިތުންތަކެއްގެ އުންމީދު ޙާޞިލްވެގެންދިޔުންކަމުގައި ދެކެމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!