ޚަބަރު
ކުށްމަދު ކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ދެއްވަދޫގައި ކުރިއަށް ގެންގޮސްފި

ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ގދ.ދެއްވަދޫގައި ކުރިއަށް ގެންގޮސްފިއެވެ. ދެއްވަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގައި، މި މަހު 22 ވަނަ ދުވަހު ދެއްވަދޫ ސްކޫލް ބެލެނިވެރިންގެ އިތުރުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެ ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށުގެ މާހައުލުން ކުދިން ދުރުހެލިކުރުވުމަށް ކުރެވިދާނެ ކަންކަން ބުނެދީ، ހަނގާކުރުމުގެ މައްސަލަތަކުން ކުދިން ދުރުހެލިކުރުމަށް އެ ކުދިންނާ ވާހަކަދައްކައި ނަސޭހަތްތެރިވާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެެވެ.

މީގެ އިތުރުން ސޯޝަލް މީޑިޔާ މެދުވެރިކޮށް ހިންގާ ކުށްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތާއި، އެކައުންޓްތަކުގެ ސެކިއުރިޓީ ވަރުގަދަކުރާނެ ގޮތްތަކުގެ އިތުރުން ކުދިން ބޭނުންކުރާ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ޕޭރެންޓަލް ކޮންޓްރޯލް ސެޓިންގ  ހަދާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވެއެވެ.

ދެއްވަދޫ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ކަންކަން ބުނެދީ އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތާއި މީހަކު އެދުނުކަމުގައި ވިޔަސް ކޭޝް ކާޑުގެ މައުލޫމާތު ހިއްސާނުކުރުމާއި، ފައިސާ ޓްރާންސްފަރ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެެވެ.

މި ޕްރޮގްރާމުގައި ސައިބަރ ކްރައިމްސްއަކީ ކޮބައިކަމާއި ސައިބަރ ބްލީންގއާއި ސޯޝަލް މީޑިއާގައި ސައިބަރ ބުލެކްމެއިލް އާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި  އެފަދަކަމެއް ދިމާވެއްޖެ ނަމަ އަމަލު ކުރާނޭ ގޮތާއި އެފަދަކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން، ނުދަންނަ މީހުން ހަވާލުކުރާ ތަކެއްޗާ ހަވާލުވާއިރު ރަނގަޅަށް ބެލުމަށާ އަދި ގޮތް ނޭނގޭ ތަކެއްޗާ ހަވާލުނުވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މުޖުތަމައުގައި އާއްމުކޮށް ހިނގާ ކުށްތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމާ އަދި އެފަދަ ކަންކަން ރިޕޯޓު ނުކޮށް ސިއްރުކުރާނަމަ ދިމާވާނެ ނޭދެވޭ ކަންކަން ބުނެދީ ކުށެއް ހިނގާނަމަ ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓު ކުރުމަށް ނަސޭހަތްތެރިވެފައިވެއެެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!