ޚަބަރު
ރީކޯގެ ރައްދެއް ނަޝދުގެ އާއިލާއަށް: އެކުދިން ރުޅިއަންނަނީ އެމްޑީޕީއަށް ލިބުނު ފައިސާ ހަރަދު ކުރި ގޮތުގެ ވާހަކަ ދައްކާތީ

ރައީސް މުހައްމަދު ނަޝީދުގެ އާއިލާ ބޭފުޅުން ރުޅިއަންނަނީ، އެމްޑީޕީއަށް ލިބުނު ފައިސާ ހަރަދުކުރި ގޮތުގެ ވާހަކަ ދައްކާތީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާއި ދިމާކޮށް ރީކޯ ރައީސް ނަޝީދުއާއި އާއިލާއަށް ބަހުގެ ހަމަލާތަކެއް ދޭން ފެށުމުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު، ރީކޯ ދައްކަވާ ވާހަކަ ތަކަށް ރައްދު ދެއްވަން ފެއްޓެވުމުންނެވެ.

އެގޮތުން ރީކޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ އާއިލާކުދިން ރުޅިއަންނަނީ ޕާޓީއަށް ލިބުނު ފަައިސާ ޚަރަދު ކުރިގޮތުގެ ވާހަކަ ދެއްކީމައި ކަމަށާއި، އެމްޑީޕީއަކީ ވަރަށް ގިނަ ފައިސާ ލިބޭ ޕާޓީއެއް ކަމަށެވެ. އަދި އެފައިސާއިން މިހާތަނަަށްވެސް އެމްޑީޕީގެ އެކި އެކި ދާއިރާތަކަށް ފައިސާ ނުދީ އެފައިސާއަށް ވީގޮތެއް ބަލަންޖެހޭ ކަމަށާއި، އެސުވާލު ރައީސް ނަޝީދުއަށް ކުރިމަތި ކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުން ނަޝީދު ދުރުކުރާ ވާހަކަ ބުނުމުން، ނާޒިމް ސައްތާރު މެން ފުންމައިގެން މިއަންނަނީ ޕާޓީގެ ބާރުވެރިކަން މިއާއިލާގައި އޮތް ވަރާއި އެހެން މީހުންނަކީ ނަޝީދަށް އަޅުންގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން މިމީހުން ދެކޭތީ – ރީކޯ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވެއެެވެ.

އޭގެ އިތުރުންވެސް ރީކޯ ވަނީ، ރައީސް ނަޝީދުގެ އާއިލީ ވެރިކަމާއި ދުރަށް އެމްޑީޕީ ގެންދަން ގަދައަޅައި މަސައްކަތް ނުކޮށްފިއްޔާ އަނެއްކާވެސް އުފެދިގެން އަންނާނީ މާޒީގަ ރައްޔިތުން ތަހައްމަލު ކުރިފަދަ ރަސްކަމުގެ ދައުރުތަކެއް ކަމަށާއި، އެހެން ކަމުން ރައީސް ނަޝީދުގެ ބާރު އެމްޑީޕީއިން ކަނޑުވަން މަޖުބޫރު ކަމަށް ބުނެފައެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިޚާބާއި ދިމާކޮށް ރީކޯ މިހާރު ވަރަށް ބޮޑަށް ރައީސް ނަޝީދުއަށް ފާޑުވިދާޅުވާކަން ފާހަނގަ ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!