ރެސިޕީ
 ހުވަދޫ ރޯދަ ބަދިގެ: ޗީޒީ ޗިކަން ބްރެޑް ރޯލް

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ބޯންލެސް ޗިކަން (ފެނުކައްކާ، ކުދިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ މަޔޮނައިސް
  • ½ 1 މޭޒުމަތީ ސަމުސާ އަސޭމިރުސް
  • ¼ މޭޒުމަތީ ސަމުސާ ތެޅި މިރުސް
  • 1 ސައި ސަމުސާ ލޮނުމެދު ޕޭސްޓް
  • ½ މޭޒުމަތީ ސަމުސާ ފިޔާ (ޗަސްކޮށްފައި ހުރި)
  • 2 މޭޒުމަތީ ސަމުސާ ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު މޮޒަރެއްލާ ޗީޒް
  • ރަހަލާވަރަށް ލޮނު
  • 1 ޖޯޑު ޕާންކުނޑި
  • 1 މޭޒުމަތީ ސަމުސާ މިކްސްޑް ހާރބްސް
  • 10-12 ޕާން ފޮތި

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރަކަށް ކުކުޅުކޮޅު، މަޔޮނައިސް، އަސޭމިރުސް، ތެޅި މިރުސް، ލޮނުމެދު، ފިޔާ، ލޮނު، ކެޕްސިކަމް އަދި ޗީޒްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

އެހެން ކޮންޓެއިނަރެއްގައި ބިސް، މިކްސްޑް ހާރބްސް، ލޮނު އެއްކުރުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ޕާން ފޮތިތަކުގެ ކައިރި ނެގުމަށްފަހު ރޮށި ދަމާ އެއްޗެއް ބޭނުންކޮށްގެން ޕާން ފޮތިތައް ދަމާލާށެވެ. މި ޕާންފޮތީގެ މައްޗަށް ކުރިން ތައްޔާރުކުރި ފިލިންގް އެޅުމަށްފަހު ޕާންފޮތި ރޯލް އެއްވާގޮތަށް އޮޅާލުމަށްފަހު ފެންފޮދެއް ބޭނުންކޮށްގެން ޕާންރޯލްގެ ދެ އަރިމަތި ބައްދާލާށެވެ.

މި ރޯލް ދެން ކުރިން ތައްޔާރުކުރި ބިސް އެއްޗަށް ލުމަށްފަހު ޕާން ކުނޑި އަށްލާށެވެ. ތެލުލަން ބޭނުންނަމަ ރޯލްތަކަށް ރަންމުށިކުލަ އަރަންދެން ތެލުލާން ވާނެއެވެ.

ފިހަން ބޭނުންވާނަމަ ޓްރޭއެއްގައި ރަނގަޅަށް ބަޓަރު ހާކައި ރޯލްތައް މިޓްރޭގައި އަތުރާލުމަށްފަހު ރޯލް ތަކުގައި ވެސް ކުޑަ ތެޔޮކޮޅެއްް ނުވަތަ ބަޓަރުކޮޅެއް ހާކާލާށެވެ. އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނުކުރުމަށްފަހު މި ރޯލްތައް 10-12 މިނެޓްވަންދެން އަވަންގައި ފިހެލާށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ޕިސްޕިސް

    އަމިއްލަ ވަންތަ އެއްޗެސް ނުރެވޭ ނަމަ ކޮޕީ ނުކުރުން އެދެން.