ޚަބަރު
ރައީސުލް ޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސްގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސު،ލް ޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގެ ތެރެއިން ސްރީލަންކާގެ ރައީސްގެ އަރިހަށް ކުރެވުނު މިޒިޔާރަތް ކުރިޔަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ.

ދެޤައުމުގެ ދެ ރައީސުންގެ މިބައްދަލުވުމުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ދެޤައުމުގައި ކުރެވުމުން އަންނަ މަސައްކަތްތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. ދެ ރައީސުންގެ މަޝްވަރާގައި ކޮވިޑް ފެސިލިޓީތަކަށް ބުރަނުވާނޭހެން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރެއްވުމުގެ އިތުރުން ދެޤައުމުންވެސް އެންމެ އިސްކަމެއް ދެނީ ވެކްސިން ފުރިހަމަ ކުރުން ކަމުގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި މިބައްދަލުވުމުގައި ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!