ރިޕޯޓް
ރޯދަމަހުގެ ބައެއް އާާދަކާދަ

ބަރަކާތްތެރި ރޯދަމަހަކީ އަޅުކަމުގެ މައްސަރެކެވެ. ކީރިތި ޤުރުއާން ބާވައިލެއްވި ޤުރުއާނުގެ މައްސަރެވެ. ނަމާދާއި ރޭއަޅުކަމާއި ޤުރުއާން ކިޔެވުމަށް އިތުރު ސަމާލުކަމެއް ދިނުމާއެކު ރެޔާއި ދުވާލު އަޅުކަން ކުރުމުގައި ވަގުތު ހޭދަކުރާ މައްސަރެވެ. މިމާތް މައްސަރަށް ކުރިމަތިލުމުގައި ދިވެހިން ޒަމާނުއްސުރެ ވަރަށް ބޮޑަށް ތައްޔާރުވެއެވެ. ދުރާލައި ތައްޔާރުވެ، އަޅުކަމަށް ވަގުތު ހުސްކުރުމަށާއި، ރޯދަ މަހުގެ ތެރޭގައި ބުރަ އަދި ބަރު މަސައްކަތެއް ނުކޮށް ރޯދައިގެ އަޅުކަމަށް ރޯދަމަސް ޚާއްޞަ ކުރުމުގެ ބޭނުމުގައެވެ. އަދި ހިތްފަސޭހަ، ކަންކަން ފުރިހަމަ، ސާފުތާހިރު މާޙައުލެއްގައި ރޯދަމަހުގެ ދުވަސްތައް ހޭދަކުރުމުގެ ބޭނުމުގައެވެ.

ގެއާއި ބަދިގޭގެ އާބާތުރަ ފިލުވައި އާކޮށްލުމަކީ ޚާއްޞަ ސަމާލު ކަމެއް ދީގެން ކުރާ ވަރަށް މުހިންމު މަސައްކަތެކެވެ. ފަން ފުރާޅު އާކުރުމާއި، ބިތްގަޑުތައް ހެދުމާއި، އުނދޯލިގެ މަރާމާތު ކުރުމާއި، ބަދިގޭގެ މަރާމާތު ކުރުން ފަދަ ކަންކަން ދުރާާލައި ކުރާނެއެވެ.

އިހުގައި ތެޔޮ އުދުންތައް އައުމުގެ ކުރިން ދަރުން ކައްކަން ޖެހޭތީ “ރީތިދަރު” ހޮވާނެއެވެ. މިއީ ބޮޑެތި ފަޅު ރަށްރަށަށް ގޮސްގެން ރޯދަމަހަށް ހޮވާ ގަދައަށް އަދާ ދަރެވެ. ގިނައިން ހޮވާފައި ހުންނަނީ އުނިދަރެވެ. މި ދަރު ރަގަޅަށް ހިއްކުމަށް ފަހު ބަހައްޓާފައި ހުންނަނީ ދަރުގޭގައި ނުވަތަ ހިޔާ ތަނެއްގައެވެ. ފަލަ ދަރުތައް ހުންނާނީ ފަޅައި އަތަށް ހެޔޮވަރު ކޮށްފައެވެ.

ރޯދައަށް ކަށިވެލި ނެގުމަކީ ވެސް ދުރާލައި ކުރާ މަސައްކަތެކެވެ. ވެލި ނަގައިގެން ގެނައުމަށްފަހު ވެލީގެ މިންތަކުން އެތަނަކަށް ޚާއްޞަ ވެލި ވަކިކޮށްލާނެއެވެ. ގޭތެރެއަށާއި، ދޮރުމައްޗަށް ނުވަތަ ބަދިގޭ ވަޅުދޮށަށް ނުވަތަ އެހެންވެސް ހިސާބުތަކަށެވެ. މިއިން ކޮންމެތަނަކަށް ލާން ހުންނާނީ ވަކި މިނެއްގެ ވެއްޔެވެ. އިހުގައި ވެލީގެ ބައިތައް ވަކިކޮށް ހަދަނީ އަތުގެ އަދި އަތުގެ އިނގިލި ތަކުގެ މޮޅު ކަމުންނެވެ. ފަހުން ދާގަނޑުން ނުވަތަ އެކިމިނުގެ ފުރޭނިންނެވެ. ނަމަވެސް ހުނަރުވެރި ވެފައި މޮޅީ އަތުން ވެލި ހެދުމެވެ. ވެލި ހެދުމޭ ބުނަނީ ވެލީގެ މިންތަކުން ބައިބައި ވަކިކުރުމަށެވެ. މިއީ ވަރަށް ހުނަރުވެރި ދެތުމެކެވެ.

ރޯދައަށް ފަނަރަވަރަކަށް ދުވަހަށް ކައިރިވުމުން ދެން އޮންނާނީ ގޭގެ ފާރުތަކާއި ތަޅުންގަނޑު ދޮވެ ފޮޅައި ސާފުކުރުމާއި ދަވާދު ލުމާއި ތެޔޮުލުމާއި ދަވާދުލުމެވެ. ގޭގެ ފަރުނީޗަރު މޫދަށްލައި ދޮވެ ސާފުކޮށް ހިއްކައި ފާލީސް ލައި އާކޮށްލުމެވެ. އިހުގައި ގެންގުޅުނު އެދާއި މޭޒާއި ގޮނޑިތަކާއި އަލަމާރި ފަދަ ތަކެއްޗަކީ މޮޅު އާރުލާ ލަކުޑިން ޖަހާފައި ހުންނަ ތަކެއްޗެވެ. މިތަކެތި ޖެހުމުގައި މުޅީންހެން ބޭނުން ކޮށްފައި ހުންނާނީ ތަޅު އިއްޔެވެ. ދަގަޑު މޮހަރު ނުވަތަ އިސްކުރު ޖަހާފައި ނުހުރެއެވެ.

އިހުގެ ވަޑިންގެ މޮޅުކަމުން މިތަކެތި ތައްޔާރު ކޮށްފައި ހުންނަނީ ވެސް ވަރަށް މޮޅަށެވެ. ގުޅުވާފައި ހުންނާނީ ވަޅުކޮނެ ތަޅުވަޑާމަށް ހިމުންކޮށް ތަޅުއިލި ޖަހައި އަބު ޖަހައި ވަރަށް ވަރުގަދަ އަށެވެ. ގޭތެރެއަށާއި ގޯތި ތެރެއަށް ލާފައި ހުންނަވެލި ނަގައި ބިން ސީދާ ކުރުމަށްފަހު ވެލިލާނީ ރޯދައަށް ދެތިން ދުވަހަށް ވީމައެވެ. ވެލިލާފައި ހުންނާނީ ހަތަރުވަރަކަށް އިނގިލީގެ ބޯމިނަށެވެ.

ވެލިިލާފައި އޮންނަ ތަންތަން ކުނިކަހައި އެއްވަރު ކުރާނީ ދަތިންނެވެ. ދަތި އަޅައި ދަމައިލީމާ ވެލި ފުށްތައް އެފުށް މިފުށަށް ޖެހި މަތިން އަޑިއަށް އަޑިން މައްޗަށް ވެލި ބަދަލުވެ ވެލިގަނޑު އަބަދުވެސް އޮންނަނީ އާވެފައެވެ. ބަައެއްފަހަރު މި ބޮޑު ބަދަލުގެންނަނީ އަތުންނެވެ. ރޯދައަށް އާާލާތްކޮށް ނިންމަމުންދާއިރު އެންމެ ފަހުން ކުރާނީ ގޭތެރެއާއި ބަދިގެއާއި ކާގެ އަދި އުނދޯލިގެ ތަރުތީބު ކޮށްލުމެވެ. އެދާއި ތަންމަތި ތަކާއި އުނދޯލި ތައް ތާޒާވެ، ތެލިތަކާއި އުދުޅިތައް ބަދަލުވެ ކާގޭގެ ވިދުވަރުން މުޅި ގޯތިތެރެ އުޖާލާ ކޮއްލައެވެ. ރޯދައަށް ތައްޔާރުވީއެވެ.

މުލަ ރޯދަ ދުވަހު ގޭތެރޭގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ކުރެވޭ އިޙްސާސަކީ އާދަޔާ ޚިލާފު މޫސުމެއް އަތުވެއްޖެ ކަމުގެ އިޙުސާސެވެ. ހަމައެކަނި ގެއާއި ގޯއްޗެއް ނޫނެވެ. ރަށުގެ އެންމެންގެ ހިތްވެސް ސާފެވެ. ރޯދައިގެ ދަރުމައަށް އެދި އެންމެން އެތިބީ އެކަކަު އަނެކަކަށް ވާގިވެރި ވުމުގައި އެންމެން އެތިބީ ހިތްނިޔަތް ޚަލާޞް ކޮށްގެންނެވެ.

ޢާއިލާތަކުން ރޯދަައިގެ ކުރިން އެއްތަންވެ ބައްދަލުކޮށްލަނީ މާހެފުމުންނެވެ. މާހެފުމަކީ މަހާއި، ކާއްޓާއި، އަވެއްޔާއި، މިބާވަތުގެ ކެއުމެކެވެ. ބޯން ހުންނަނީ ފަނީގެ ބާވަތްތަކެވެ. ވަރަށް ޚަރަދުކުޑަކޮށް އަދި ވަރަށް ދިވެހި ރަހަތަކެއް އެކުލެވޭ ތަންކޮޅެއް ހަރު ހެފުމެކެވެ.

ރޯދައަށް ހިނައިގަތުމަކީ ވަރަށް މަޖާނަގާ އެކުވެރިންނާއެކު އޮންނަ ހިނެއުމެކެވެ. މޫދަށް އެރި ހިނައިގަންނަންދާނީ ބައެއްފަހު ބޮޑެތި ރާޅު އަންނަ ހިސާބަކަށެވެ. އަދި ބައެއް ފަހަރު ފުންވިލަކަށެވެ. ނުވަތަ ޢާއްމުގޮތެއްގައި މޫދަށް އެރި އުޅޭ ތަނަކަށެވެ. ރޯދައަށް ހިނައިގަތުމަށް މޫދަށް އެރެންދާއިރު ކާއްޓާއި މަހާއި، ހުތްއަނބާއި ކުޅިކޮށްފައި ހުންނަ ރިހާކުރާއި މިބާވަތުގެ ކާތަކެތި ގެންދާނެއެވެ.

ޢާއިލާ ތަކުން ރޯދައަށް ތައްޔާރުވަމުންދާއިރު ރައްޔިތުންގެ ގޮތުގައި ކުރާ މަސައްކަތްތަކަކާއި ތައްޔާރީ ތަކެއްވެސް ހުރެއެވެ. މިސްކިތްތައް ސާފުކޮށް ކުނާތައް ބަދަލުކޮށް އާކޮށް މިސްކިތު ވަޅުދިޔަ ހިއްކައި ސާފުކޮށް ގޯތިތެރެއަށް ވެލިލައި ދާނިތައް އައުކޮށް މިބާވަތުގެ ކަންކަން ކުރާނެއެވެ. އަދި ރައްޔިތުންގެ ޢިމާރާތްތަކާއި ރޯދަ ކުރު ކުރުމަށާއި ހަވީރު ފިންޏަށް މީހުން އެއްވެ އުޅޭ ތަންތަންވެސް އާބާތުރަ ފިލުވައި ރީތިކުރާނެއެވެ.

ރޯދަމަހު ހާރުކެއުމަށް މީހުން ހޭލެެއްވުމުގެ އާދައަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ބައެއް ރަށްރަށުގައި ހިނގަމުން އައި ކަމެކެވެ. ބެރުޖަހައި އުޅޭ މީހަކު ނުވަތަ ބަޔަކާ ވާހަކަ ދައްކައި އަގެއް ކިއުއްވައި ރޯދައިގެ ކުރިން އެމީހުންނަށް އަގު އަދާކޮށް ބެރު ޖެހުމުގެ މަސައްކަތް ޙަވާލު ކުރާނެއެވެ. ޢާއްމު ގޮތެެއްގައި ބެރުޖަހާ މީހުންނަށް އަގުދެނީ ހަނޑުލުންނެވެ. މިއީ ކޮންމެގެއަކުން ވެސް ވަކި މިންވަރަކަށް ހަނޑޫ ނަގައިގެން މުޅިރަށުގެ ހުރިހާ ގެއަކުން ބައިވެރިވެގެން ހިންގާ ކަމެކެވެ. ބެރު އޮޅިޔަށް އަގުލިބުމާއެކު ބެރުތައް ތައްޔާރުކޮށް ބެރުޖަހާނެ އޮޅިއެއް އެކުލަވައި ބެރުޖަހާމީހުން ތައްޔާރުވާން ފަށާނެެެއެވެ.

ރޯދަމަހު ފުރަތަމަ ރެއިން ފެށިގެން ކޮންމެ ރެއަކު ދަންވަރު މުޅިރަށުގައި ބެރުޖަހާނެއެވެ. ދަންބެރު ޖެހުމުގެ އިތުރުން ރޯދަމަހަށާއި ޝައްވާލު މަހުގެ ހަދުފެނުމުން ވެސް ބެރު އޮޅީގެ މީހުން މުޅިރަށުގައި ބެރު ޖަހާނެއެވެ. މިއީ ކުޑަކުދިން ވަރަށް ބަލާހިތްވާ ކުޅިވަރެކެވެ.

ހާރުކާން މީހުންނަށް ގޮވުމުގެ އިންތިޒާމު ކުރަނީ ރައްޔިތުންނާއި ވެރިން ގުޅިގެން ރައްޔިތުން އަގެއް ދީގެން ކަމުގައި ވިޔަސް އިރު އޮއްސިއްޖެ ކަން އެންގުމަށް ސަންގު ފުމެނީ ވެރިންގެ ފަރާތުން މިސްކިތުންނެވެ. ސަންގަކީ ރައްޔިތުން އެއްކުރުމުގެ ބާރު އޮންނަ އަދި ކަތީބުގެ ޚާއްޞަ އެންގުމަކަށް ނޫނީ ނުފުމެވޭނެ އަދި ކަތީބުގެ ބެއްލެވުމުގެ ދަށުގައި އޮންނަ އެއްޗެއް ކަމުގައި ވިޔަސް ރޯދަމަހު ސަންގު ބާއްވާފައި އޮންނަނީ މުދިމުގެ ބެއްލެވުމުގެ ދަށުގައި ބޮޑު މިސްކިތުގައެވެ. އިރު އޮއްސިއްޖެކަމަށާއި ސަންގު ފުމެން މުދިމު އެންގުމުން ސަންގުފުމޭ މީހާ ސަންގު ފުމޭނެއެވެ. ސަންގު ފުމޭ މީހާގެ ރޯދަ ވީއްލުމާއި އެހެނިހެން ޢިނާޔަތްތައް ހަމަޖައްސަނީ ކަތީބެވެ.

މިސްކިތުގެ ޖަމާޢަތަށް ދާ މީހުންގެ ރޯދަވީއްލުމުގެ ކަންކަން ހެޔޮއެދޭ އެކި ފަރާތްތަކުން ހަމަޖައްސައެވެ. ކުރީ ޒަމާނުގައި މިސްކިތް ދޮށަށް ފޮނުވާނީ ހަމައެކަނި ކޮންމެވެސް ވައްތަރެއްގެ ފަންޏެކެވެ. ތަރާވީޙު ނަމާދަކީ ރޯދަމަހުގެ ޚާއްޞަ ނަމާދަކަށް ވުމާއެކު ތަރާވީޙު ނަމާދު ކުރާ މީހުންނަށް ވެސް ބައެއް ގޭގެއިން ސައި ތައްޔާރު ކޮށްފައި ހުރެެއެވެ.

އަޅުގަނޑުމެން ބޮޑެތިވަމުން އައިއިރު ފަނި ފިނިކުރުމަކީ ވަރަށް ހުނަރުވެރި ގޮތަކަށް ކުރާ މަޖާ ކަމެކެވެ. ކުރުބާ ފަނި ނުވަތަ އެހެން ވައްތަރެއްގެ ފަންޏެއް ނަމަވެސް މެންދުރެއް ހައިއިރު ހަދާނެއެވެ. އަދި ފުޅިފުޅިއަށް އަޅައި ރޯނު ނުވަތަ ނަނެއް ޖެހުމަށްފަހު މިތަކެތި ހުންނާނީ ވަޅުގެ ފެންގަޑުގެ އަޑިޔަށް ދޫކޮށްފައެވެ. ފަނިފުޅިތައް ވަޅުން ނަގާނީ އިރުއޮއްސެން ގާތްވީމައެވެ.

ރޯދަމަހު ހާރު ކާނީ ފެންބަތާއި ދޮންކޭލާއި ދޯބުރާލިއާ މޮޑެގެން ފިހުނު މަހާއެކުގައެވެ. ދެން ހުންނަނީ ކިރު ބަތްޕެން ތައްޓެކެވެ. މި ބަތްޕެން ކައްކާފައި ހުންނާނީ ފެން ހިންދާފައެވެ. ދެން ހާރުކާން ތެދުވެ ކާށިކިރުން ދިޔާ ކޮށް ދޯބުރާލި އަޅައި ގިރާލުމުން ކިރު ބަތްޕެން ތައްޔާރުވީއެވެ.

ތަރާވީސް ދަމު ކޮންމެ ދިހަވަނަ ރެއަކަށް ކެއުން ތަފާތު ވާނެއެވެ. އެއީ ދިހަ ވަކިކުރުމަށް ކުރާ ކަމެއް. ކަމުގައި މުސްކުޅިން ބުނެއެވެ. ޢާއްމުކޮށް ތަރާވީސް ދަމަށް ތައްޔާރު ނުކުރާ ޚާއްޞަ ތަކެތި ދިހަވަނަ ރެއާއި ވިހިވަނަރޭ ހަދާނެއެވެ.

އެއްގެއިން އަނެއްގެޔަށް ކާތަކެތި ފޮނުވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ޒިޔާރަތް ކުރުމާއި ރޯދަ ވީއްލުމާއި ތަރާވީސް ދަމުގެ ދަޢުވަތު ތަކާއެކު ރޯދަމަހުގެ ރޭދުވާ ހޭދަކުރަނީ ރޯދަ ކުރު ކުރުމުގެ އެކި އެކި ކަންތައްތަކާ އެކުގައެވެ. ބައެއް ފަހަރު ރޯދައަށް ހުރުމުގެ ނުތަނަވަސް ކަމުގެ އަޑުތައްވެސް އިވެއެވެ. ބައެއް ޙާދިސާތައި ކަންކަން ވެސް ހިނގައެވެ. އެކަމަކު އިހުގައި ރޯދަމަހަކީ ދިރިއުޅުމުގެ އާބާތުރަ ފިލުވައި ހިތްތައް ސާފުކޮށްލާ އެކުވެރިކަމާއި އިޖުތިމާޢީ ގުޅުމުން ބަދެވިފައިވާ ދީނީ މޫސުމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ޢަލިދީދީ

    މިލޭއުމާ ކެޔައިލީމައި ކުދެވޭލޭގެ ހަދާނެ ވަރަން ބޮޑަން ވެގެ. އެދުވަސްވަރާ ނިކަން ރީތިކޮން ސިފަވެގެ. ހިތަން އަރަންނޫ އެވޭލޭ އެއޮތެ އެކުވެރި ކަމާއި، ގާތެ ކަމާއި، ބަދަހި ގުޅުމާއި، ރީތި އާދަކާދަ މިހިދަސް އޮންނާ އެއްތެނާ ކެހައި ރަގަޅެހޭޔަ