ޚަބަރު
ރަތަފަންދޫ ރައްޔިތުންގެ ފަރާތުން ނަޑެއްލާ ރައްޔިތުންނަށް އެހީގެ ތަކެތި ފޮނުވައިފި

ގދ ނަޑެއްލާއިން ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައިވާތީ، ގދ ރަތަފަންދޫ ރައްޔިތުންގެ ފަރާތުން އެހީގެ ތަކެތި ފޮނުވައިފިއެވެ.

އެގޮތުން ރަތަފަންދޫ ރައްޔިތުންގެ ފަރާތުން ނަޑެއްލާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފޮނުވާފައިވަނީ 92 ކޭސް ފެނާއި، 5 ބަސްތާ ހަނޑޫ، 1 ބަސްތާ ފުށް އަދި 1 ބަސްތާ ހަކުރެވެ. މިހާރު މިތަކެތިވަނީ ނަޑެއްލާ ކައުންސިލްއާ ހަވާލުކޮށްފައެވެ.

ރަތަފަންދޫގެ އިތުރުން އެއަތޮޅު މަޑަވެލި، ފިޔޯރީ، ފަރެސްމާތޮޑާ އަދި ތިނަދޫއިންވެސް ވަނީ ނަޑެއްލާއަށް އެހީގެ ތަކެތި ހަދިޔާކޮށްފައެވެ. އޭގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުންވެސް ނަޑެއްލާ އަށް ދިމާވެފައިާ ހާލަތުގައި ނަޑެއްލާ ރައްޔިތުންނަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ.

ގދ ނަޑެއްލާއިން ތިނަދޫއަށް ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޓެސްޓް ހެދުމުން، ޕޮޒިޓިވްވެފައިވާތީ އެރަށުން އެމީހާ އާ ގާތުން ދިމާވި ފަރާތްތަކުގެ ސާމްޕަލް ނަގައި ހެދި ޓެސްޓުން 9 ފަރާތެއް ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

އެގޮތުން މިހާރު އެރަށުން ޖުމްލަ 105 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ބަލިން ފަސޭހަވެފައިވަނީ 3 ފަރާތެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!