ޚަބަރު
”ހީކުރީ މަހީކުރީ” ބައިސްކޯފަށް

ރަމަޝާންމަހަށް ހާއްސަކޮށް ވަރަށް ތަފާތު ރިއަލިޓީ ޓޯކް ޝޯވއެއް “ހީކުރީ މަހީކުރީ” މިއަދުން ފެށިގެން ބައިސްކޯފުގައި ޕްރީމިއަރ ކުރަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގެ ސެލެބްރިޓީންގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތަކާއި ކުޑައިރު ނުވަތަ ޅަ އުމުރުގައި އެކިއެކި ކަންކަން ވާނޭގޮތާއި މެދު ކުރެވިފައިވާ އެކިއެކި ހީތައް ގެނެސްދޭނެއެވެ.

ހުނަރުވެރި ފަންނާނެއް ކަމަށްވާ އިސްމާޢީލް ޖުމައިހް (ޖުމާ)ގެ ހުނަރު މިޝޯވއިން ފެނިގެންދާނެއެވެ. ޖުމާ މިޝޯވ ހުށަހަޅައިދެމުންދާއިރު މިޝޯތެރެއިން މަޝްހޫރު އެތައް މޫނުތަކެއް ފެނިގެންދާނެއެވެ. އަދި އެ ފަންނާނުން އޭރާއި މިހާރު އެކިއެކި ކަންކަމާމެދު ހީވެފައި އޮތް ހީކުރުންތައް މަޖާގޮތަކަށް ކިޔައިދޭތަން ފެނިގެންދާނެއެވެ.

“ހީކުރީ މަހީކުރީ” ޝޯވގެ ފުރަތަމަ ސީޒަންގެ ޓްރެއިލާ މިހާރުވަނީ ދައްކާލާފައެވެ. މަޝްހޫރު އެތައް އަންހެން ސެލެބްރިޓީން އެޓްރެއިލާގައި ފެނިގެންދެއެވެ. އޭގެތެރޭގައި ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ ތަރިންވެސް ހިމެނެއެވެ.

މިޝޯވއަކީ ރާއްޖޭގައި މިހާތަނަށް ދައްކާ ވަރަށް ތަފާތު ބެލުންތެރިންގެ ތަރުހީބު ލިބިގެންދާނެ ޝޯވއެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!