ޔަމަނުގެ އަންހެނަކު އެއް ލޯ ހުރި ކުއްޖެއް ވިހައިފިއެވެ.
އެޤައުމުގެ މީޑީޔާ ރިޕޯޓްތައް ބުނާގޮޮތުގައި ޔަމަންގެ އަލްބައިދާ ޕްރޮވިންސްގެ އަންހެނަކު އެއް ލޯ ހުރި ކުއްކަޖު ވިހާފައިވާ ކަމަށެވެ. އަދި ވިހެއިތާ ހަތްގަޑިއިރު ނުވަނީސް އެކުއްޖާ ވަނީ ނިޔާވެފައި ކަމަށް ކުއްޖާއަށް ފަރުވާދިން އަލް ހިލާލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ މީޑީޔާ ރިޕޯޓްތައް ބުނެއެވެ.
ޑޮކްޓަރުން ބުނާގޮތުގައި މިކުއްޖާ ދުނިޔެއަށް އުފަންވެފައިވަނީ ވަރަށް ގިނަ ސިއްޚީ މައްސަލަތަކާއެކުގައެވެ. އެގޮތުން އެއް ލޯ ހުރިއިރު ނާރުވެސް އުފެދިފައިވަނީ އެލޮލަށް އެކަންޏެވެ.
ފާއިތުވީ ފަސްސަތޭކަ އަހަރުގައި މުޅި ދުނިޔެއިން ރެކޯޑްކުރެވިފައި ވަނީ މިފަދަ ހަ ކުދިން ކަމުގައި ރިޕޯޓްތަކުގައިވެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަޖައިބުކުރުވަނި މިފަދަ އެތައް ކަމެއް ފެނިފައި އެބަހުއްޓެވެ. އެގޮތުން އިންޑިޔާގެ ބިހާރު ސްޓޭޓްގައި އަންހެނަކު ވިހެއި ކުއްޖާގެ މޫނު ހުރީ ބޮކެއްގެ ސިފައިގައެވެ. ބޯ، މޫނު އަތްވެސް ހުރީ ބޮކުގައި ހުންނަ ގޮތަށެވެ. އުފަންވުމުގެ އިރުކޮޅެއް ފަހުން މިކުއްޖާވެސް ވަނީ ނިޔާވެފައެވެ.

