މާލެ އަދި ހުޅުމާލޭގެ މަގުމަތީގައި ކުނި ޖަމާކޮށްފައި ވާތީ އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކެރޮން ރޮސްލަރ ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރެއްވީ މަގުމައްޗަށް ކުނިނެރެ ޖަމާކޮށްފައި ބެހެއްޓުމުގެ ޒިންމާ އެންމެން އެންމެން ނަގަން ޖެހޭނެ ކަމަށާއި އެޒިންމާ ނަގާނީ ކޮންއިރަކުންތޯއެވެ. އަދި އެކަކު މަގުމައްޗަށް ކުނި އެޅުމުން ފަހަތުން އައިސް އެހެންމީހަކުވެސް މަގުމައްޗަށް ކުނި އަޅާނެ ކަމަށް ކެރޮން ވަނީ ވިދާޅުވެފައެވެ. އެހެންގޮސް ބޮޑެތި ކުނިފުންޏަކަށް މަގުމަތިވެގެން ދާނެކަމަށް ބުނެ ކެރޮން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ ކުރިން ކެރޮން ވަނީ ރާއްޖޭގެ ރީތިކަމާއި ސާފްތާހިރުކަމަށް އަދި ދިވެހިންގެ ރީތި އާދަތަކަށް ތައުރީފް ކުރައްވާފައެވެ. އެހެންކަމުން މިފަދަ މަންޒަރެއް ރާއްޖެއިން ފެނިގެންދިޔުމަކީ ކެރޮންވެސް ދެރަވެ ހިތްހަމަނުޖެހުނު ކަމެކެވެ.
މާލެ އާއި ހުޅުމާލޭގެ މަގުމައްޗަށް ކުނި ޖަމާކޮށްފައި ހުންނަ މައްސަލަ އަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ކަމާބެހޭ އިދާރާތަކުން ކޮންމެ ދުވަހަކު މިފަދަ އެތައް ކުނި ފުންޏެއް ނެގިނަމަވެސް މިއީ ދާއިމީ ހައްލެއް ނުލިބުނު މައްސަލައެކެވެ.
ކެރޮން ފަދައިން ރާއްޖެއަށް ޒިޔާރަތްކުރާ އެހެން ފަތުރުވެރިންނަށް މިފަދަ މަންޒަރުތައް ފެނިގެން ދިޔުމުން އެމީހުން ރާއްޖެއާ ދޭތެރޭ ދެކެމުން އަންނަ ގޮތް ބަދަލުވެ ރާއްޖެއަކީ ކުނިކޮށްޓެއްގެ ގޮތުގައި ސިފަވެގެންދާނެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ.
މުއައްސަސާތަށް ފެއިލްވީމަ ވާގޮތް، ޕޮލިހުންވެސް ބަލާނީ މާޑުމަޑުން ދުއްވާފަދާ ސައިކަލެއް ހިފަހައްޓާފަ ޖޫރިމާނާ ކުރެވޭތޯ.. ތިޔަކަން ކުރަނީ ބިދޭސީން، ބިދޭސީންގެ މައްސަލަ ހައްލެއް ނުކުރެވުން، ފައްޔާޒު ބުނުއްވިހެން އިސްތިއުފާވެސް ނުދިން.
ދިވެހިންގެ ކަންނެތްކަމާ ހެދި މިހެން މިވަނީ. ދިވެހި މީހާ ފުރަތަމަވެސް މަގުމައްޗައް ކުނި ނެރެ ފުންޏަކަން ޖަހާލަނީ. ރޯދައަށް ގެ ސާފުކޮއްފަ މަގުގެ ދެފަރާތް ބޮޑު ގޮޑަކަން. ދިވެހިން ދިވެހިންގެ ބިން ސާފުކޮން ރީތި ކޮށް ނުބާއްވަންޏާ އެހެން މީހުންވެސް ކަނަކުރާނީ މިހެނ.