ޚަބަރު
ކޮވިޑް ބަލީގައި އިތުރު މަރެއް

ކޯވިޑް-19އަށް ޕޮޒިޓިވް ވެގެން ފަރުވާދެމުން ގެންދިޔަ 60 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.

މި މީހާއަށް ފަރުވާދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 23:43 ގައެވެ. މިއީ ރައްޖެއިން މި ބަލީގައި މަރުވި 219 ވަނަ މީހާއެވެ. ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 17 ބިދޭސީންނާއި 202 ދިވެހިންނެވެ.

ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު، 5940 ސާމްޕަލް ޓެސްޓުގެ ނަތީޖާ ލިބިފައިވާ އިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 21 މީހެކެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުން 48 މީހުން އަދި ތަރައްޤީކުރަމުންދާ ރަށްރަށުން 5 މީހުން އަދި ރިސޯޓުތަކުން 18 މީހެއް ވަނީ ބައްޔަށް ފައްސި ވެފައެވެ. އެހެންކަމުން އިއްޔެ ޖުމްލަ 92 މީހުން އަލަށް ޕޮޒިޓިވްވިއެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

މި މަރުހޫމާ އަޅުގަނޑުމެންނާއި ވަކިވެދިޔުމުގެ ހިތާމައިގައި، ހުވަދޫ ނިއުސްގެ ފަރާތުން ބައިވެރިވެ ތަޢުޒިޔާ ދަންނަވަމެވެ. އަދި މި މަރުހޫމާގެ ފުރާނަޔަށް ކީރިތިﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!