ޚަބަރު
ގެއްލިގެން ހޯދަމުން ދިޔަ މިސްބާހު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި

މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ހޯދަމުން ދިޔަ މިސްބާހު މުހައްމަދު (25އ) މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެއިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން މެއި މަހުގެ 14 ވަނަ ދުވަހު ހޯދަން އިއުލާން ކޮށްފައިވާ މިސްބާހު އައުމާއެކު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މީގެ ކުރިން އޭނާ ކަރެކްޝަންސް އާއި ހަވާލު ކުރެވުނު ކަމަށް ބުނެވިފައިވަނީ އޮޅުމަކުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާ ގެއްލިގެން ފުލުހުން ބެލި ބެލުމުން އެގުނު ގޮތުގައި 11، 2020 ވަނަ ދުވަހުގެ ރޭ 10:13 ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ފުރާފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާއެކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ އެމީހުން އެއާޕޯޓަށް ގޮސްފައިވާ ކާރަކީ 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރެއް ކަމަށްވާ “AB1B P1939” ގައި ކަމަށެވެ.

މިސްބާހު ރާއްޖެ އައިސްފައި މިވަނީ ރާއްޖެ އަށް ގެނެވުނު މަސްދުވާތަކެތީގެ ގްރޭންޓެއްގެ ގޮތުގައި ނޮވެމްބަރު 23، 2020 ވަނަ ދުވަހުން ފެށިގެން  ޕާކިސްތާނުގައި އެމީހުން މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ބޭރުގެ ނެޓްވޯކްގެ ބެލުމުގައި ދަށުގައި ހުރުމަށް ފަހުއެވެ.

އޭނާ ޕާކިސްތާނުގައި ހުރީ ގްރޭންޓް އެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނި ނަމަވެސް މިވާހަކަތައް ދޮގުކޮށް މިސްބާހު ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ. މިކަމާއި ގުޅިގެންފުލުހުން ބުނީ، މިސްބާހު އާ ގުޅޭ މައްސަލައިގައި މީގެ ކުރިން ފުލުހުންގެ ފަރާތުން ހާމަ ކުރި މައުލޫމާތަކީ ފުލުހުންނަށް ކަށަވަރު ކުރެވޭ މައުލޫމާތެއް ކަަމުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!