އަވަށްޓެރި ސްރީލަންކާގެ މާލީ ހާލަތު ގޯސްވުމާއި ގުޅިގެން އެމަޖެންސީ އެހީއެއްގެ ގޮތުގައި ވޯލްޑް ބެންކުން ލަންކާއަށް 10 މިލިޔަން ޑޮލަރު ދޫކުރާނެކަމަށް ބެންކުން ހާމަކޮށްފިއެވެ.
ވޯލްޑް ބެންކުގެ އޮފިޝަލަކު ވިދާޅުވީ ވޯލްޑް ބެންކުގެ ފަރާތުން ލަންކާއަށް އެހީގެ ހާއްސަ ޕެކޭޖެއް ދޭން ނިންމާފައިވާ ކަމަށާއި ސިއްހީ ބޭސް ފަރުވާއަށް މިވަގުތަށް އެމެޖެންސީ އެހީއެއް ގޮތުގައި 10 މިލިއަން ދޫކުރާނެ ކަމަށެވެ.
ލަންކާގެ އިގުތިސޯދު ކޮޅަށް ޖެހުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭނުންކާއެކު މަޝްވަރާ ކުރެއްވުމަށް ލަންކާގެ މާލީ ވަޒީރު އަލީ ސޮބްރީ މިވަގު އުޅުއްވަނީ އެމެރިކާގެ ވޮޝިންގްޓަންގަ އެވެ. އަދި މަޝްވަރާތަކަށްފަހު އައިއެމްއެފް އިން ބުނި ގޮތުން މަޝްވަރާތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި ލަންކާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
އަލީ ސޮބްރީ ވިދާޅުވީ މިވަގުތަށް ހަމަޖެހިދާނެކަމަށް ބެލެވޭ އަދަދަކީ 500 މިލިޔަން ޑޮލަރު ކަމަށާއި އައިއެމްއެފުން މިއެހީ ދިނުމަށް ވިސްނަމުން ގެންދާ ކަމަށެވެ. ވޯލްޑްބެންކްގެ އިތުރުން އިންޑިޔާ، ޗައިނާ ޖަޕާން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ވެސް އެހީތެރިކަށް ފޯރު ކޮށް ދޭނެ ކަމަށް ލަންކާގެ މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
އައިއެމްއެފް އާއި ވޯލްޑް ބޭންކުން ލަންކާއަށް އެހީ ފޯރު ކޮށްދޭނެ ކަމަށް ބެލެވެނީ އެކި ކަންކަމަށް ބަހާލައިގެނެވެ. އެގޮތުން ކައްކާ ގޭހާއި ކާބޯތަކެތި އަދި އަސާސީ އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ދޫކުރާނެ ގޮތަކާ މެދު ވެސް މަޝްވަރާ ކުރާނެ ކަމަށް ވެއެވެ.
ލަންކާގެ އިގުތިސޯދީ ހާލަތު މިއިން ދުވަހަކު ވެސް ނުދާ ވަރަށް ވަނީ އަޑިއަށް ގޮސްފައެވެ. ގައުމުގެ އާންމު ހާލަތު ކޮޅުންލައި ކާބޯތަކެއްޗަށާއި ބޭހަށް އަދި ޒަރޫރީ އެހެނިހެން ބާވަތްތަކަށް ވަނީ ޖެހިފަ އެވެ.
އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން ގޮވާލައި މަގުތަކަށް އާންމުން ނުކުމެ ހަމަނުޖެހުންތައް ހިންގަމުން މިހާރު ވެސް އެބަގެންދެ އެވެ. މުޒާހަރާކުރާ މީހުން މިހާރު ގޮވާލަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު މުޅިން އާސަރުކާރެއް އެކުލަވާލުމަށެވެ.