ޚަބަރު
ފަރެސްމާތޮޑާގައި މަސްފެކްޓްރީއެއް އެޅުމަށް އެދި ޕެޓިޝަނެއް ތައްޔާރުކުރަމުން ދަނީ

ފަރެސްމާތޮޑާގައި މަސް ފެކްޓަރީއެއް އެޅުމަށް އެދި ސަރުކާރަށް ހުށަހެޅުމަށް ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަރެސްމާތޮޑާ މަސްވެރިން ފަށައިފިއެވެ.

މިޕެޓިޝަނަށް ސޮއި ހޯދުމަށް ފަރެސްމާތޮޑާގެ ކެޔޮޅުންގެ ޓީމަކުން މިހާރު ދަނީ ހުވަދު އަތޮޅުގެ އެކިރަށް ރަށަށް ދަތުރުކުރަމުންނެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ މަސްގެލަރީ ދޯނީގެ އޮޑިވެރިޔާ އަދި ކެޔޮޅު، އަޙްމަދު ޒައިން ބުނެފައިވަނީ މިޕެޓިޝަނަށް ތާއީދު ހޯދުމަށް އެންމެ ފުރަތަމަ މިޓީމު ގޮސްފައިވަނީ އައްޑޫއަށް ކަމަށާއި މިދަތުރުގައި މިޓީމުުން އައްޑޫ ސިޓީގެ މޭޔަރާއި ބައްދަލުކޮށް މިކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ މޭޔަރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށްވެސް ޒައިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫގެ ވަރަށް ގިނަ މަސްވެރިންނާއި އޮޑިވެެރިން އަދި ކެޔޮޅުންގެ ފުރިހަމަ ތާއީދު މި މަސައްކަތަށް ލިބެމުންދާކަމަށް މައުލޫމާތު ދީފައިވެއެވެ.

މި ޕެޓިޝަނުގައި މިހާތަނަށް ހުވަދޫ އަތޮޅުގެ 1800 މަސްވެރިން ވަނީ ސޮއިކޮށްފައެވެ. މި ޕެޓިޝަނުގައި މައިގަނޑު ބޭނުމަކީ ސަރުކާރުން ކޫއްޑޫ ތަރައްގީކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ މަސް ރައްކާކުރެވޭ ސްޓޯރޭޖްތައް ބޮޑު ކުރުމުގެ ބަދަލުގައި ފަރެސްމާތޮޑާގައި މަސް ރައްކާކުރެވޭނެ ވަސީލަތް ގާއިމުކޮށް އެ ރަށުގައި މަސްގަނެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ. ހުވަދޫ އަތޮޅުގެ (ގއ.ގދ) އެންމެ ދެކުނުން މަސް ގަނެވޭ ގޮތް ހެދުމަކީ މި ސަރަހައްދުގެ ހުރިހާ މަސްވެރިންނަށްވެސް އޭގެ ފައިދާ ލިބޭނެ ކަމެއްކަމަށް ޕެޓިޝަނުގައި ސޮއި ކުރަމުންދާ މަސްވެރިން ފާހަނގަ ކުރެއެވެ.

މަސްވެރިން އެމްވީން ފާހަނގަކުރާގޮތުގައި އައްޑޫގެ ދަތުރު ނިންމާލުމަށްފަހު މިޓީމުން ވަނީ ފުވައްމުލަކަށް ދަތުރުކޮށްފައެވެ. އަދި މިހަފްތާތެރޭގައި ގއ އަދި ގދ ގެ ރަށްތަކަށް މިޓީމުން ދަތުރުކުރާނެއެވެ. އަދި މިފަހުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ފަރެސްމާތޮޑާގައި ބޭއްވި ބައްދަލުވުމުގައި އެރަށު މަސްވެރިން ވަނީ މިކަމަށް އެދިފައެވެ. އަދި އެ ސަރަޙައްްދަކީ މަސްވެރިކަން ރަނގަޅު ހިސާބަކަށްވުމުން އެރަށުގައި މަސް ފެކްޓްރީއެއް ތަރައްޤީކުރުން ވެގެންދާނީ މަސްވެރިންނަށް މަސް ކިރުވުމަށް ވަރަށް ބޮޑަށް ލުޔަކަށްކަން މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.

މުޅި ހުވަދު އަތޮޅަށް ބަލާއިރު ގދ، ފުވައްމުލައް އަދި އައްޑުއަތޮޅަކީ މުޅި އަހަރުގައިވެސް އެންމެ ގިނައިން މަސް ބޭނޭ ސަރަހައްދުކަމަށްވެފައި މަސްކިރަން ކޫއްޑޫއަށް ދިޔުމަކީ ބޮޑު ޚަރަދެއް ކަމުގައި މަސްވެރިން އެމްވީން ބުނެއެވެ. އަދި އެންވެރިކަމަށް ބަލާއިރު، ކޫއްޑޫ މިހާރު އޮންނަ ހިސާބަށް ދަތުރުކޮށް މަސްކިރުވުމަށްފަހު އެންހިފުމަށް ދުއްވަންޖެހޭ މިންވަރުވެސް އިތުރުވާކަމަށް މަސްވެރިން ފާހަގަ ކުރެއެވެ.

އިޤްތިސާދީ ކޮމެޓީގެ މެމްބަރުން ވަނީ މަސްވެރިންގެ މި ހިޔާލު ބަލައިގަނެ، މިކަމަށް އެ ކޮމެޓީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!