ޚަބަރު
އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރައްވަނީ

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތި ލައްވާނެކަމަށް، މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.

މިރޭ ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ވާދަކުރައްވާ އިންތިގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބުކުރުމަށްފަހު ރައީސް ނަޝީދު 2023ގައި ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށެވެ.

އީވާ ވިދާޅުވީ ބޭނުންވަނީ އަދިވެސް އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެމްޑީޕީން 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވަމުން އައީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާދަކުރައްވާނަމަ އެމަނިކުފާނު ކުރިމަތިނުލައްވާނެ ކަމަށެވެ. އަދި އިންތިޚާބުގައި ރައީސް ޞާލިހާއި ވާދަކުރެއްވާ ހިސާބަށް ކަންކަން ނުދާނެކަމަށާއި، އެދެބޭފުޅުންނަަކީ އެއަށްވުރެ މާގާތް އެކުވެރި ދެބޭފުޅުންކަމަށްވާއިރު، އޭގެ ކުރިން ކަންކަން ނިމި ސާފުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއީ ރައީސް ނަޝީދު 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް ހާމަކުރި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި ގުޅިގެން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އެކުވެރިކަމުގެ ގުޅުމަށް ބަދަލުތަކެއް އައިސް ޕާޓީ ތެރެއިން މިވަނީ ދެފެކްޝަން އުފެދިފައެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މިސަރުކާރަށާއި އިބްރާހިމް މުހައްމަދު ސޯލިހުއަށް ފާޑުކިޔަމުންދާއިރު ރައީސް ނަޝީދުވެސް ސަރުކާރާއި ދެކޮޅުކަން ފާޅުގައި ދަނީ ހާމަކުރަމުންނެވެ.

އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅިގެންދާނީ އެމްޑީޕީގެ ތެރޭގައި ބާއްވާ ޕްރައިމަރީ އަކުންނެވެ. ނަމަވެސް ޕްރައިމަރީއަކާއި ނުލައި ރައީސް ޞާލިހަށް އިތުރު ދައުރަކަށް ޓިކެޓް ދޭންޖެހޭކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދަނީ ވިދާޅުވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ހަސަން

    ވާދަ ކުރިޔަސް ނޮހެވޭނެ.