ޚަބަރު
ޔޫއެންއޯޑީސީން ކޯސްޓްގާޑަށް ބައެއް ތަކެތި ހަދިޔާކޮށްފި

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑްއަށް 2 ރިބް އާ، ކޯސްޓްގާޑް އުޅަނދުތަކުގެ ނިޔަމިކަމަށް ބޭނުންވާ އާލާތްތަކާއި މެރިޓައިމް ޑޮމެއިން އެވެއަރނެސް އަށް ބޭނުންވާ ބައެއް އާލާތްތައް ހަދިޔާ ކުރައްވައިފިއެވެ.

މި ތަކެތި ހަދިޔާކޮށް ހުޅުމާލޭ ކޯސްޓްގާޑް ސަރަޙައްދުގައި ބޭއްވުނު މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ޔޫ.އެން.އޯ.ޑީ.ސީ ޕްރޮގްރާމް ކޯޑިނޭޓަރ އަދި ޖަޕާންގެ އެމްބެސެޑަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަޕާން ސަރުކާރު އަދި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އެމް.އެން.ޑީ.އެފެ ކޯސްޓްގާޑްއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ވަރަށް ގިނަގުނަ އެހީތަކެއް ވަނީ ފޯރުކޮށްދެއްވައިފައެވެ.

މިގޮތުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މޮނީޓަރކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ވަރަށް ގިނަގުނަ ވަޞީލަތްތައ ފޯރުކޮށްދެއްވައިފައި ވެއެވެ. އަދި ދިވެހި ސިފައިންނާއި ކަނޑުމަތީގައި ޙަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސަރޗް އެންޑް ސީޒަރ ޓްރެއިނިންގް ފަދަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު މިބޭއްވުނު ރަސްމިއްޔާތުގައި ޖަޕާނުގެ އެމްބެސެޑަރ ޓަކެއުޗީ މިޑޯރީއާއި، ޔޫ.އެން.އޯޑީ.ސީގެ ޕްރޮގްރާމް ކޯޑިނޭޓަރ ޕަރނިލް ރަސްމުސެންގެ އިތުރުން ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާޙީމް ޙިލްމީ ވަނީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި ދެމެދު ހަނދާނީ ފިލާ ވަނީ ބަދަލުކުރެވިފައެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރިބް ދުއްވާލުމުގެ ޑެމޯންސްޓްރޭޝަން އަކުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!