ޚަބަރު
ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އަޅަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން ވަނީ އިއުލާންކޮށްފައެވެ.

ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން ކޮށްފައިވާ ޢިއުލާނުގައިވަނީ މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާކަމަށެވެ. މިއިޢުލާނުގައި މަޢުލޫމާތު ދީފައިވާ ގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 30 މެއި ވާ ހޯމަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މިހާރުވެސް 14 ރަށެއްގައި 1575 ހައުސިންގ އެޅުމުގެ މަސައްކަތް، ޕްލޭނިންގ މިނިސްޓްރީން ފަށައިގެން ކުރިޔަށްގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ވިދާޅުވެފައެވެ.

އެންމެފަހުން ހައުސިންގ ޔުނިޓްތައް އެޅުމަށް ހުޅުވާލާފައިވަނީ އއ ރަސްދޫގައެވެ. އެއީ 50 ހައުސިންގ ޔުނިޓެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ކައްޓަލަ

    ހަވަރު ތިނަދޫގައި 400 ހައުސިން ޔުނިޓު 2023 ގެ ރިޔާސީ އިންތިހާބުގެކުރިން ނިންމާ އެތަނަށް މީހުން ވަންނާނެ އެއްގޮތެއްވެސް ދެން ނޯންނެ. ސަރުކާރުން ތިޖައްސާ ސްޓަންޠު ތިގޮވަނީ އަތަށް

  2. ނަސީމު

    ހައުސިން ޔުނިޓުއަޅަން އިއުލާނުކުރާއިރު އެ ޔުނިޓުތަށް އަޅަނީ ކޮންތާކުކަން ތިނަދޫ ރައްޔިތުންނަށް އެގެންޖެހޭނެއެވެ. ތިނަދޫގައި ލޭންޑް ޔޫސް ޕްލޭނެއް ނެތި ތިނަދޫ ކައުންސިލުން ބޭނުންތަނެއްގައި ހައުސިން ޔުނިޓުއަޅަން ތިނަދޫ ރައްޔިތުން ބަލަހައްޓައިގެން ތިބެދާނެކަމަށް ގދ. ތިނަސޫގަ އޮތް ގޮތްދޫނުކުރާ ބޯހަރު ކައުންސިލަށް ހީވަނީހެވެ ތިނަދޫގެ ލޭންޑް ޔޫސްޕްލޭން ހަދަން ތިނަދޫ ކައުންސިލްގަ އުޅޭ މީހަކުލައްވާ އެކަންކޮށް ތިނަދުއާއި ކައިރަށެއްގެ ކައުންސިލަރަކުލައްވާ އޭގައި ސޮއިކޮަށް ލޭންޑްޔޫސް ޕްލޭން ހަދަން އޮތް ލާރިގަނޑުން ތިނަދޫ ކައުންސިލުން ވަނީ ބައި އަޅާފައިކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތު ލިބެއެވެ.

  3. އިންތި ފެކްޝަން

    ތިނަދޫއިން ގޯތި ދޫނުކުރެވިގެން އުޅެނީ ކީއްވެހޭ. ނިމިދިޔަ ކައުންސިލުން ހުއްދަހޯދާ ދޫކުރަން ހަމަޖެހިގައި އޮތް 150 ގޯތި ނުދެވިހެން އުޅެނީ ކީއްވެހޭ. ތިނަދޫގައި ހައުސިން ޔުނިޓު އަޅަނީ ތިނަދޫގައި ގޯތި ދޫކުރާނެ ބިން ނެތިގެންހޭ. ތިނަދޫގެ ބިން ބޮޑުކުރަން ތިނަދޫ ހިއްކެން ނެތީހޭ. ތިނަދޫގައި ގޯއްޗަށް ޝަރުތު ހަމަވާ 910 މީހުން ތިބިއިރުގައި މިހާރު ހިއްކާފަ އޮތް ބިމުންވެސް މަގުތަށް ހަދާފަވެސް 2000 އަކަފޫޓުގެ 1080 ގޯތި ދޫކުރެވެން އޮއްވާ ތިނަދޫ ކައުންސިލުން 400 ހައުސިން ޔުނިޓު އަޅަން ނިންމީ ކީއްވެހޭ. ގޯތި ހައްގުވާމީހުންނަށް ގޯތި ދިނީމާ ގޯތިތަށް ފަޅައްބޭއްވުމަކީ ގޯތީގެ ވެރިފަރާތުގެ އަމިއްލަކަމެކެވެ. ގޯތިދިނީމާ ފަޅަށް ބޭއްވުމަކީ ތިނަދޫ ކައުންސިލާ ބެހޭކަމެއް ނޫނެވެ. މިހެން މިބުނީ ތިނަދޫގަ ޔާމިނު ކިއްކާފަ އެއޮތް މާސިންގާ ބިން ބޭނުން ކުރާނެ ގޮތެއް ތިނަދޫ ކައުންސިލްގަ ތިބި ރޯނުއެދުރަނަށް ނޭގި އެތަން އެދަނީވެސް ފަޅުވެ ޖަންގައްޔަށް ވަމުންވީމައެވެ.

  4. އައުޒަމާ

    “ކައުންސިލަރު ކަމުގައި ތާއަބަދު ތިބެވިދާނެކަމަށް ކައުންސިލުގައި ތިބި ބައެއް މީހުންނަށް ހީވާކަހަލައެވެ. ކައުންސިލަރުން ބުނަނީ ރައީސް (ގޮފަޅީއޭ ބޯހަރީއޭ) ރައީސް ބުނަނީ ކައުންސިލަރުން ތިމަންނާއަށް އެއްބާރު ލުމެއް ނުދެޔޭ. ނައިބުރައީސް ބުނަނީ އިދާރީ މުއައްޒިފުންގެ މައްސަލައެކޭ ތިމަންނާމެން ބުނާގޮތަކަށް ހަދަނީއެއްނޫނޭ ވަޒީފާއަށް ނިކުންނަނީވެސް ހިތަށްއެރިދުވަހެއްގަ ހިތަށް އެރި ގަޑިއެއްގަޔޯ. ރަށުން ގޯތި ދޫނުކުރެވިގެން އުޅެނީވެސް އިދާރީ މުއައްޒިފުންގެ ފަރުވާކުށަކަމުންނޯ.” މިއީ ކޮންރަށެއްގެ ވާހަކައެއްކަމެއް މަށެއް ބުނާކަށް ނެތީމެވެ

  5. ތޮއްޔިބު

    މައުލޫމާތު ލިބޭގޮތުގަ ފުރަތަމަ އަޅާ 200 ރޯހައުސް ދެނީ ރަށުން ބޭރު މީހުންނަށެވެ. ތިނަދޫ މީހުންނަށް ދޭން އަޅަނީ 200 ފުލެޓެވެ. ޖުލައިގައި އެ ޕްރޮޖެކްޓް ގައި ސޮއިކުރާގިތަށް ވަނީ ހަމަޖެހިފައެވެ.

  6. ލޫކަސް ޖަލީލު

    ތިނަދޫ ކައުންސިލްގެ ރައީސް ބުނީ ތިނަދޫއިން ގޯތި ދޫނުކޮއްގެން އުޅެނީ މިނިސްޓަރު ފަރެސް މާތޮޑާ އަސްލަމު ބުނެގެންނޯ. އަސްލަމް ބޭނުންވަނީ ތިނަދޫ އަކީ ރެފިޖީ ކޭންޕަކަށް ހަދާށޯ. ތިމަންނާ ބޭނުންވެޔޯ ކިތެންމެ ވަރަކަށް ވެސް ތިނަދޫއިން ގޯތި ދޫކުރަން. މިނިސްޓަރު އަސްލަމް އަމަލުކުރަމުން ދަނީ ރައީސް ހިންނަވަރު އިބޫ ބުނާ ގޮތަށޯ. އެހެންވީމާ ތިނަދޫއިން ރައީސް އާއި އަސްލަމް ހިންހަމަނުޖެހޭ ގޮތަކަށް ކަނަތަށް ކޮއްފިޔާ ފަހަރުގައި ތިނަދޫގައި އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ސީޕޯޓުވެސް ނޭޅިދާނެޔޯ