ޚަބަރު
ފުލުހުންގެ ވަޒީފާއާއި ގުޅުމުގެ ފުރުޞަތު އައްޑޫ ސިޓީގެ ޒުވާނުންނަށް

އައްޑޫސިޓީގެ ޒުވާނުންގެ ތެރެއިން ފުލުހުންގެ ވަޒީފާއާއި ގުޅެން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުންގެ ޚިދުމަތާއި ގުޅެން ބޭނުންވާ އައްޑޫ ސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް ބޭއްވޭ ޚާއްސަ އޯޕަންޑޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އިއްޔެ އާއްމުކުރި ވީޑިއޯ ކްލިޕެއްގައި ހާމަކޮށްފައިވެއެވެ.

މިވީޑިއޯ ކްލިޕް އައްޑޫ ބަހުން ގެނެސްދީފައި ވުުމުގެ އިތުރުން މި ކްލިޕްގައި ދައްކުވައިދިނީ އައްޑޫސިޓީއަށް ނިސްބަތްވާ ފުލުހުން އެމީހުންގެ ޚިދުމަތުގެ މާޙައުލުގައި ތިބެގެން އައްޑޫގެ ޒުވާނުންނަށް ހުޅުވާލި މިފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރަމުންދިޔަ މެސެޖްތަކެކެވެ.

މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އައްޑޫސިޓީގައި ހުޅުވުނު “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ބޭނުންވާ އިލްމާއި ހުނަރު ފޯރުކޮށްދީ، އެ މުއައްސަސާގެ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ތަމްރީނު ދީ މީހުން ބިނާކުރުމަށް ހުޅުވި ތަނެކެވެ. އައްޑޫގައި ތިބެގެން މި ސެންޓަރުން ތަމްރީނުވުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ އައްޑޫސިޓީގެ ޒުވާނުންނަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ޙަމީދުވަނީ ވިދާޅުވެފައެވެ.

މިދިޔަ މާރޗް މަހު އަލަށް ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕޯލް) ހުޅުވުމަށްފަހު ފުރަތަމަ ޕްރޮގްރާމެއްގެ ގޮތުން އެ ކޮލެޖްގައިވަނީ 30 ބައިވެރިންނާއެކު އިންވެސްޓިގޭޝަން އޮފިސާރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާއި އަލަށް ގުޅޭ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތާއި ޙަވާލުވުމުގެ ކުރިން ފުލުހުންގެ މަސައްކަތަށް ތައްޔާރުކޮށްދޭ ރެކްރޫޓް ޓްރެއިނިންއެއް ފުރިހަމަ ކުރަން ޖެހެއެވެ. މި ޓްރެއިނިން އަމިއްލަ ފަސްގަނޑުގައި ތިބެ ހަދައިގެން އަމިއްލަ ރަށަށް ޚިދުމަތް ކުރުމަށް ނުކުތުމުގެ ފުރުސަތު ލިބުންވެގެންދާނީ އައްޑޫސިޓީގެ ޒުވާނުންނަށް އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމަކަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!