ޚަބަރު
ރައީސް ނަޝީދަށް ހަމަލާ ޜޭވުމުގައި އެންމެ އިސްކޮށް ހުރި މީހާ ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވި އެންމެ އިސް މީހާ މިއަދު އައްޑު ސިޓީ އިން ހައްޔަރުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާ ރޭވުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައި ވަނީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމް ކަމަށެވެ.

“ރައީސް ނަޝީދަށް ހަމަލާދީީ،މަރާލަން ޖެހޭ ފަދަ މީހެއް ކަމަށް ވިސްނާދީ އިރުޝާދު ދިން ފަރާތެއް ތަހުގީގަށް ގަބޫލުކުރެވޭގޮތުގައި، ހަމަލާދިނުމުގައި އެންމެ އިސް ފަރާތް މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީން ވަނީ ހައްޔަރުކޮށްފައި”. ސީޕީ ހަމީދު ވިދާޅުވެފައި ވެއެވެ.

މި މީހާއަކީ މީގެ ކުރިން 2017 ވަނަ އަހަރުގައިވެސް ބޮމެއް ހަދަމުން ދަނިކޮށް ހައްޔަރު ކުރި މީހެކެވެ. ނަމަވެސް ކޯޓުން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ ދޫކޮށްލާފައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ފަހުން އެމައްސަލަ ވަނީ އަނބުރާ ގެނެސްފައެވެ.

ސީޕީ ވިދާޅުވީ، މި ހަމަލާދިން ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް ނިންމައި އެކަމުގެ ތައްޔާރީތަކާއި ރޭވުންތައް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.

“2020 ވަނަ އަހަރު ފަހުކޮޅުން ފެށިގެން މި ހަމަލާ ދިނުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވިފައިވޭ”.

އަދި ހައެއް މެއިގައި ނަޝީދަށް ދިން ހަމަލާގައި މިގޮތަށް ހަމަލާދޭން އުޅުނު ތިން ވަނަ ފަަހަރު ކަމަށް ސީޕީ ވިދާޅުވިއެވެ.

މި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.

އެއީ ވ. ތިނަދޫ ހިޔާގެ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!