ޚަބަރު
ފުރަތަމަ ފަހަރަށް ތިނަދޫގައި ބޮޑު އެއް ޖަމާޢަތުގައި ރައްޔިތުން ޢީދު ނަމާދު ކޮށްފި

ތިނަދޫގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑު އެއް ޖަމާޢަތުގައި އެއްތަނަކަށް އެއްވެ ގިނައަދަދެއްގެ ރައްޔިތުން ޢީދު ނަމާދު ކޮށްފިއެވެ.

މިއަދު ތިނަދޫގައި އީދު ނަމާދު ކޮއްފައިވަނީ ރަށުގެ ދެކުނު އަވަށުގައި ބޮޑު ޓާފު ދަނޑުގައެވެ. މިއަދުގެ ޢީދު ނަމާދުގައި ވަރަށް ގިނަ އަދަދަކަށް މީހުން ބައިވެރިވެފައިވާއިރު ގިނަ އަދަދަކަށް ކުޑަ ކުދިންނާއި، އަންހެނުންނާއި، ބިދޭސިން އަދި ރަށުން ބޭރު އެކި މުހުތާދު ތަކުގައި ތިނަދޫ އަށް އައިސް ތިބި މީހުން ބައިވެރިވިކަން ފާހަގަ ކުރެވެއެވެ.

ތިނަދޫގެ ދެކުނު އަވަށުގެ ބޮޑު ޓާފް ދަނޑުގައި މިއަދު ކުރި ޢީދުނަމާދުގެ ޖަމާޢަތުގެ ތެރެއިން- ފޮޓޯ: ހުވަދޫ ނިއުސް، މުހައްމަދު އަޚްތަރު

ތިނަދޫ ގައި ބޮޑު ޖަމާޢަތުގައި މިއަދު ކުރެވުނު ޢީދު ނަމާދު އިމާމުވެ ކޮށްފައިވަނީ ތިނަދޫގެ މުދިމެއް ކަމުގައިވާ އަޙްމަދު ޤުއްދޫސް އެވެ.

ޢީދު ނަމާދަށް ފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވީ މިއަދު އީދު ނަމާދު މިހާ ގިނަ ބަޔަކާއެކު އެންމެން އެއް ޖަމާއަތުގައި ކުރެވިގެން ދިޔަ ކަމީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި ކައުންސިލުން މިކަން މިގޮތަށް ކުރަން ނިންމުމާއެކު ރައްޔިތުންނާއި ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ވަރަށް ޚާއްޞަ ޝުކުރެއް ރައްދު ކުރާކަމަށެވެ.

ތިނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ޢީދު ނަމާދުގައި ބައިވެރިވެފައިވާއިރު، ޢީދު ނަމާދު ނިމޭވަގުތަށް، ޢީދު ނަމާދުގައި ބައިވެރި ހުރިހާ ބޭފުޅުންނަށް ޚާއްސަކޮށްގެން “ދަޑެކޮޑޭ” އަވަށުން ތައްޔާރުކޮށްފައިވާ ޚާއްސަ ސަޔެއް ތައްޔާރު ކުރެވިފައި ހުރިކަން ފާހަގަކޮށްލެވެ. ދެޖިންސުގެ ބޭފުޅުންނަށް ވަކިން ވަރަށް ގިނަ ހެދިކާގެ ބާވަތާއި އެކު ވަރަށް ފުރިހަމަ ސަޔެއް އިންތިޒާމް ކުރެވިފައި ހުއްޓެވެ. “ދަޑެކޮޑޭ” އަވަށުގެ ހުރިހާ ގެއަކަށް އެެކި ބާވަތުގެ ހެދިކާ ބަހާލައިގެން ތައްޔާރުކުރެވުނު މިސައި ތައްޔާރުކުރުމަށް އަވަށުން ވަރަށް ފުރިހަމަަ އެއްބާރުލުމެއް ދީފައިވާކަން ފާހަގަކޮށްލެވެ. “ދަޑެކޮޑޭ” އަވަށުން މިފަދަ ކަންކަމަށް ކަޢުންސިލަށް ދޭ އެއްބާރުލުން ފާހަގަކޮށް، އަވަށުގެ ރައްޔިތުން ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާކަމުގައި ތިނަދޫ ރައީސް ސަޢުދު އަލީ ފާހަގަކޮށްފައި ވެއެވެ.

ތިނަދޫ ކައުނަސިލުން މިއަދުގެ ޢީދު ނަމާދު ޓާފް ދަނޑުގައި ކުރުމަށް ނިންމާފައި ވާއިރު މޫސުމް ތަންނުދިން ނަމަ ކުއްލި ޙާލަތުގައި ރަށުގެ 3 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް އޮތީ ހުރިހާ ކަމެއް އިންތިޒާމް ކޮއްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ރޯނު އެދުރު

    މީ ތިނަދޫގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެވުނު ދެވަނަ ފަހަރު.