ޚަބަރު
ބެނާތަކުގައި އަކުރު ބަދަލުކޮށްގެން އިންޑިޔާ އައުޓް ޖެހުމަކީ އަމުރަށް ނުކިޔަމަންތެރިވުން: ކްރިމިނަލް ކޯޓް

އިދިކޮޅުން ހިންގަމުންދާ “އިންޑިޔާ އައުޓް” ކެމްޕެއިންގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަމަމުންދާ ބެނާތަކުގައި އަކުރު ބަދަލުކޮށްގެން އިންޑިޔާ އައުޓް ޖެހުމަކީ އިންޑިއާ އައުޓް ބެނާތައް ނަގަން ކުރިން ނެރެފައިވާ އަމުރަށް ގޮންޖެހުން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް އޮފީގައި ދަމާފައިވާ ބެނާގައި އިންޑިޔާގެ ދިދަ ބޭނުންކޮށްގެން އިންޑިޔާ “އައުޓް” ޖެހުމާއި ގުޅިގެންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލަ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ “އިންޑިއާ އައުޓް” ކެމްޕެއިން ބެނާތަކުގައި ސްޕެލިންގް ބަދަލުކޮށް، އަދި އިންޑިއާގެ ނަން ގެނައުމެއް ނެތި މަންޒަރުން އެކަން ސިފަކުރެވޭ ގޮތަށް ބެނާތައް ހެދުމަކީ އަމުރަށް ގޮން ޖެހުން ކަމުގައި ކްރިމިނަލް ކޯޓުންވަނީ އަންގާފައެވެ.

ޕީޕީއެމުން ރޭ ބުނެފައިވަނީ ޕީޕީއެމް އޮފީސް ހުރި އިމާރާތަށް ފުލުހުން ވަންނަން މަސައްކަތް ކުރީ ކޯޓު އަމުރަކާނުލައި ކަމަށެވެ.

ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އިންޑިއާގެ ރަސްމީ ދިދައިގެ ހުރުމަތް ކެނޑޭ ފަދަ އަދި އިންޑިއާގެ ދިދައަށް އިހްތިރާމް ކުޑަވާ ފަދަ ކުރެހުންތަކުގެ ގްރެފިޓީ އާއި ބެނާތައް މާލޭގެ އެކި ތަންތަނުގައި ހަރުކުރަމުން ދަނީ ކޯޓު އަމުރާ ނިންމުމަށް ގޮންޖެހުމަށްފަހު ކަމުގައި ކަމަށެވެ. އަދި އިންޑިއާގެ ގައުމީ ދިދައާ ވައްތަރު ގޮތަށް ބެނާއެއް ހެދުމަށްފަހު އޭގައި “އައުޓް” ލިޔުމަކީ ހާރިޖީ ގުޅުންތަކަށް އަސަރުކޮށް، އޭގެ އަސަރު ދިވެހިންނަށް ކުރާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!