ޚަބަރު
ފުވައްމުލަކު ނެރު ކައިރިޔަށް ޑައިވިންއަށް ފޭބި މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

ފުވައްމުލަކު ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ޑައިވިންގއަށް ފޭބި މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި ޑައިވިންގއަށް ފޭބި މީހަކު ގެއްލިގެން އުޅޭ ކަމުގެ ޚަބަރު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ލިބިފައިވަނީ މިއަދު މެންދުރު 15:36 ގައި ކަމަށާއި އެމީހާ އަދިވެސް ނުފެންނަ ކަަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

ފުވައްމުލަކު “ޓައިގާ ޝާކް” ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި އުމުރުން 35 އަހަރުގެ މީހާ ގެއްލުނުކަމުގެ ޑައިވިނަށް ފޭބީ މިއަދު 14:30 ހާއިރުއެވެ. އަދި އެ މީހާ ފީނަން ފޭބިއިރު ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް ޑިފެންސް އިން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ އެ މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުން ބަލައިދިނުން އެދިފައެވެ. އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައިދިނުމަށްވެސް އެމިނިސްޓްރީން ވަނީ އެދިފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!