ޚަބަރު
އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާއެއް ދެނީ

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ގޮތަށް “އުފަންވާ ކޮންމެ ކުއްޖަކަށް” ހަދިޔާއެއް ނަމުގައި އެސްޓީއޯއިން ކެމްޕެއިނެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، މި ކެމްޕެއިން މިހާރު ރާއްޖޭގެ ދެ ސަރަހއްދެއްގައި ފަށާފައިވާ ކަމަށާއި އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކެމްޕެއިން ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން މިހާރު ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލަކުގައި މި ކެމްޕެއިން ވަނީ ފަށާފައެވެ.

ދަރިއަކު ލިބުމަކީ އާއިލާއަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ. އެ ގޮތުން އާއިލާތަކަށް ލިބޭ މި އުފާވެރި ވަގުތު ފާހަގަ ކުރުމަށް އެސްޓީއޯ އިން ތުއްތު ދަރިފުޅަށް ބޭނުންވާ ސާމާނުތައް ޕެކް ކޮށް ހަދިޔާ ޕެކްއެއް ދެނީއެވެ. އޭގާއި ތުއްތު ދަރިފުޅު ރީތި ވުމަށް ބޭނުންވާ ސާމާނާއި އުފަންވާ ކުއްޖާއަށް ބޭނުންވާ ޒަރޫރީ ސާމާނު ހިމެނެއެވެ.

ކުޅުދުއްފުށީގައި މި ކެމްޕެއިން ފަށާފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. އަދި ފުވައްމުލަކުގައި ވެސް މި ކެމްޕެއިން ފަށާފައި ވަނީ އެ ރަށު ހޮސްޕިޓަލުގައެވެ.

މިއީ އާއިލާއަށް ލިބޭ އުފާވެރިކަން ފާހަގަ ކުރުމަށް އެ އާއިލާތަކަށް އެސްޓީއޯގެ ފަރާތުން މަރުހަބާ ކިޔުމަށާއި ރައްޔިތުންގެ ކުންފުނިން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދިނުމަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. އެސްޓީއޯއަކީ މި މުޖުތަމައުއަށް ބޭނުންވާ ގިނަ ގުނަ ކަންކަން ފުރިހަމަ ކޮށް ދިނުމަށްޓަކައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!