ޏ.ފުވައްމުލަކު ޝާކް ޕޮއިންޓަށް ޑައިވިންގއަށް ފޭބި މުޙައްމަދު ސައީދު (ސައިއްޓޭ) ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން 55 ސްކެއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް ބެލުމުންވެސް ސައިދު ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ
އިއްޔެ މެންދުރު 14:30 ގައި ފުވައްމުލަކު ނެރު ކައިރިޔަށް ޑައިވިންގއަށް ފޭބި ދެމީހުންގެ ތެރެއިން ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ހުއްޓާނުލާ ކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް ސައީދު ނުފެނެއެވެ.
އެމްއެންޑީއެފްގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލާއި، ފުލުހުންނާއި އަދި ފުވައްމުލައް ސިޓީގެ ޑައިވް ސެންޓަރުތަކުން ދަނީ ހުއްޓުމެއް ނެތި ސައީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތުގައި އެމްއެންޑީއެފްގެ ދެހާބާ ކްރާފްޓް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ވައިގެ މަގުން ބެލުމަށްޓަކައި ޑޯނިއާ ފްލައިޓެއް އެ ސައިޓަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ސައީދުއާ އެކީގައި ޑައިވިންގއަށް ފޭބި މަހްމޫދު ފާއިޒް ޑީކޯވެގެން އިތުރު ފަރުވާއަށް މިހާރުވަނ ދ.އަތޮޅު ކަނޑިންމަ ރިސޯޓަށް ގެންގޮސްފައެވެ.