ކޮލަމް
ރިވެލި : ޚިޔާލު ތަފާތުވާހާ ފަހަރަކު ޒާތީ ވާކަށް ނުޖެހޭނެ

ޚިޔާލު ތަފާތުވާހާ ފަހަރަކު، ޒާތީ ވާކަށް ނުޖެހެއެވެ. ރުޅި އިސް ކުރާކަށްވެސް ނުޖެހެއެވެ. ކޮންމެ އިންސާނަކު އުފެދި، ބޮޑުވެ ތަރުބިއްޔަތު ވެގެން އަންނަނީ ތަފާތު މާޙައުލު ތަކުގައެވެ. ކޮންމެ އިންސާނަކީ ޠަބީޢީ ގޮތުންނާއި، އުފެދުމުގެ ގޮތުން ވަރަށް ތަފާތު މީހެކެވެ. ސިކުނޑީގެ ނާރުތަކާއި، ވިސްނުމުގެ އޮނިގަނޑު ކޮންމެ މީހެއްގެ ތަފާތު ގޮތަކަށް ތަރައްޤީވެދަނީ އޭނާގެ ޙަޔާތުގެ އެކި މަރުޙަލާތަކުގައި އޭނާ ތަޖުރިބާ ކުރާ ކުރުންތަކުގެވެސް މައްޗަށެވެ. އެކިމީހުންގެ ޙިއްސުތައް މަސައްކަތް ކުރާނީ އެކި ގޮތަށެވެ. އެކިމީހުން ވިސްނަން ޢާދަވެފައި ހުންނަނީވެސް ހީވެސް ނުކުރާހާ ތަފާތު ކޮށެވެ.

އެކަކަށް ވަރަށްމީރު އެއްޗެއް އަނެކަކަށް މީރު ނުވެދާނެއެވެ. އެކަކަށް މީރުވަހެއް އަނެކަކަށް އެހާ އެހާއެއް ނުވާނެއެވެ. އެކަކަށް ރީތި ކުލަ އަނެކަކަށް ބިރުވެރި ކުލައަކަށް ވެދާނެއެވެ. އެކަކަށް މުޖުތަމަޢު ފެންނަހެން އަނެކަކަށް މުޅީން އެގޮތަކަށް ނުފެނިދާނެއެވެ. އެކަކު ފައިދާހުރި ގޮތެއް ކަމަށް ދެކޭ ކަމެއް އަނެކަކަށް ބެލެވިފައި އޮންނާނީކީ އެގޮތަށް ކަމަށް ވާކަން މަޖުބޫރެއް ނޫނެވެ. 

އެކި މީހުންގެ ވިސްނުން އެއްކަމެއްގައި ކިތައްމެހާވެސް ތަފާތު ވެދާނެއެވެ. ވާނޭވެސް މެއެވެ. އަހަރެމެން ދަސްކުރަންވީ ތަފާތު ވިސްނުމުގެ ތެރެއިން ޢަމަލު ކުރާނޭ އެއްގޮތެއް ނިންމުމުގެ ހުނަރެވެ. ފޮތުންނާއި، މަދަރުސާ އިންނާއި، ޔުނިވަރސިޓީ އިން ކިޔަވައި މޮޅުވާން ޖެހެނީ އެކަމެވެ. އިގިރޭސި ބަހުންނަމަ ތިންގޮތެއް ނިންމިދާނެއެވެ. ‘ވިން-ވިން’ (ވަކި ކަމެއް ނިންމުމުގައި ހުރިހާ ފަރާތަކަށްވެސް އެބަޔަކު ހުށައެޅިގޮތްތަކުގެ ތެރެއިން ކޮންމެވެސް ކަންކަމެއް ކާމިޔާބުވުން)، ‘ވިން-ލޫސް’ (ވަކި ކަމެއް ނިންމުމުގައި އެއްބައި މީހުންގެ ހުރިހާ ހުށައެޅުމެއް ކާމިޔާބުވެފައި އަނެއް ބައެއްގެ ހުރިހާ ހުށައެޅުމެއް ފެއިލް ވުން)، އަދި ‘ލޫސް-ލޫސް’ (ވަކި ކަމެއް ނިންމުމުގައި އެއްމެންގެ ހުށައެޅުންތައްވެސް ނާކާމިޔާބުވެ، ފަނުފުލުންދިއުން) މި ތިން ގޮތެވެ. އޭގެތެރެއިން ޙާޞިލް ކުރަންޖެހޭ އުޞޫލަކީ ވިން-ވިން އުޞޫލެވެ. އެއުޞޫލުން ގިނަމީހުން ހިމެނޭ ކަންކަމުގައި ގޮތް ނިންމެއެވެ.

މިއުޞޫލުން ކަމެއް ނިންމާއިރު އެކަމުގެތެރޭގައި ގޮތްނިންމުމަށް ބައިވެރިވާ އެއްވެސް ފަރާތެއްގެ މުޅި ވިސްނުމާއި އެއްގޮތަށް އެކަމެއް ނުނިމޭނެއެވެ. އެހެނަސް ކޮންމެ ބަޔަކުވެސް އޯކޭ ކަމަށްދެކޭ ބައެއް ޝަރުޠުތައް އެނިންމުމުގައި ފުރިހަމަ ވާނެއެވެ. މިދެންނެވި އޯކޭ ކަންކަމަކީ އެކަމުގައި ޝާމިލުވާ ބައެއް ފަރާތްތަކުން ކަޑައެޅިގެން ބޭނުން ނުވާ ކަންކަމަށްވެދާނެއެވެ. ފަހަރެއްގައި އެކަމުގައި ހިމެނޭ ކޮންމެވެސް މަދު ފަރާތަކުން ބޭނުންވާ އެއްވެސްކަމެއް އެނިންމުމުގައި ފުރިހަމަ ނުވެދާނެއެވެ. ނަމަވެސް ގިނަމީހުން (މެޖޯރިޓީ) އަށް އެކަމުގައި ބޭނުންވި ބައެއް ސިފަތައް ޙާޞިލް ވާނެއެވެ. މިގޮތާއި ގާތްކުރާހެން ނިމޭ ނިމުންތަކަކީ ވިން-ވިން (ނުވަތަ ހުރިހާ ފަރާތަކަށްވެސް އެބަޔަކު ހުށައެޅިގޮތްތަކުގެ ތެރެއިން ކޮންމެވެސް ކަންކަމެއް ކާމިޔާބުވާ) ކަހަލަ ނިންމުންތަކަށް ވާނެއެވެ. 

މިއީ މެޖޯރިޓީއިން ކަން ނިންމާގޮތެވެ. މިކަމުގައި ވޯޓު ނުދޭމީހާވެސް މިނިންމުމަށް ތަބަޢަވެ، ނިންމުމުގެ ފުރިހަމަ ޒިއްމާ ނަގަން ޖެހެއެވެ. އެއީ އެތަނެއްގެ އެއްމެއިސް ވެރިޔާ ކަމުގައިވިޔަސް، ނުވަތަ އެނޫން މީހެއް ކަމުގައި ވިޔަސްވެސް މެއެވެ. އެމީހަކުވެސް ވާނީ އެނިންމުން ނިންމުމުގައި ބައިވެރިވި މީހަކަށެވެ. އޭނާ ބޭނުންވިގޮތް އޭނާ ޤުރުބާން ކުރީ ގިނަމީހުންގެ ވިސްނުމަށް އިޙްތިރާމް ކުރުމަށެވެ.

ތަފާތު ވިސްނުމާއި، ޚިޔާލާއި، ތަފާތު މީހުންނާއި އެކު އުޅުމަކީ ދަސްކުރަންޖެހޭ ކަމެކެވެ. އެއީ މަދަރުސާ އިންނާއި ޔުނިވަރސިޓީ ތަކުން ކިޔަވައިގެން ނަގާ ސަނަދުތަކުގެ ސަބަބުން ދަސްވެފައި ހުންނަންޖެހޭ ކަމެއްވެސް މެއެވެ. އެހެން ނޫނީ ސަނަދު ހިފައިގެން ވަޒީފާތަކަށް ޤާބިލް ކަމަށްބުނެ އެހެންމީހުންނާއިއެކު ތަޞައްރަފް ފުދޭ އުޅުމެއް އުޅެވޭނެކަމަށް އަމިއްލައަށް ޤަބޫލުކޮށް، އެކަން ސާބިތުކޮށްދޭން އުޅުން ޙައްޤެއް ނޫނެވެ. މިދެންނެވި އިންސާނީ ވަންތަ ތަހުޒީބަށް އަހަރެމެން ހޭނޭތޯ ގަދައަޅައި މަސައްކަތް ކުރަން އެބަޖެހެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!