އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ކޮލަމާފުށީ ޢީދު ޝޯ މިރޭ ބާއްވަނީ

ކޮލަމާފުށީ ޢީދު ޝޯ 1443 މިރޭ އެ ރަށުގައި ބާއްވާނެއެވެ.
ގއ ކޮލަމާފުށީ ޒުވާނުންގެ އިސްނެގުމާއިއެކު ކުރިޔަށް ގެންދާ މި ޝޯ އަށް ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާއިރު ޝޯ ގައި ބައިވެރިވާ ހުރިހާ ފިލްމީ ތަރިންނާއި ނެށުންތެރިންވެސް މިހާރު ވަނީ އެ ރަށަށް ގޮސްފައެވެ.

މާލެއިން ކޮލަމާފުށްޓަށް ދިޔަ ފަންނާނުން ކުރި ދަތުރުގައި ކާޑެއްދޫ އެއަރޕޯޓްގައި މަޑުކޮށް ހުވަދޫ ނިއުސް އަށް ދިން އިންޓަވިއުއެއްގައި އެ ފަންނާނުގެ ފަރާތުން ޖާދުއްﷲ އިސްމާއިލް (ޖާދު) ބުނީ މިރޭގެ ޝޯގައި އެރަށު ރައްޔިތުންނަށް ވަރަށް ޚާއްޞަ ހުށަހެޅުން ތަކެއް ފެނިގެންދާނެ ކަމުގައި ޝޯ އަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި ދަތުރު އެ ރަށަށް ކުރުމުގައި ޕްރޯ ކުންފުނީގެ ޗެއަރމަން ރިފާޝް ޙުސައިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ރަށުގެ ރައްޔިތުން ދެމުންދާ މެހެމާނުންދާރީއަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ބުންޏެވެ.
ކޮލަމާފުށީގައި މިރޭ ބާއްވާ ޢީދު ޝޯގައި ބައިވެރިވުމަށް ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުން މިއަދު ހެދުން ވަނީ އެ ރަށަށް ގޮސްފައެވެ. އަދި އެ ރަށަށް ފަންނާނުން ދިޔުމުން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ޝޯ އިންތިޒާމް ކުރާ ޒުވާނުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފަންނާނުން ކޮލަމާފުށީގައި- ފޮޓޯ: މޯޑް

ޢީދު ފާހަގަ ކުރުމުގެ ގޮތުން މިރޭ ކޮލަމާފުށީގައި ބާއްވާ ޚާއްސަ ޝޯގައި ފިލްމީ ތަރިންގެ ނެށުމުގެ ހަރަކާތްތަކުގެ އިތުރުން އެރަށުގެ ޒުވާނުންގެ ބޮޑުބެރު އަދި ކަރައޯކޭ ކުރިޔަށް ދާނެއެވެ.
ގއ ކޮލަމާފުށީގައި ބާއްވާ މި ޝޯ އަކީ މި ފަހަކަށް އައިސް ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު އެއް ޝޯއެވެ. ޝޯގައި ބައިވެރިވާ ފިލްމީ ތަރިންގެ އެ ރަށަށް ދިޔުމުގެ ޚަރަދު ޕްރޯ ކުންފުނިން ހިފާފައިވާއިރު ރަށުގެ ޒުވާނުން ވަނީ އަމިއްލަ އިސްނެގުމާއިއެކު ، ޝޯ ބޭއްވުމަށް ގިނަ އެހީތެރިކަމެއް ދީފައެވެ. އަދި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން ހެޔޮ އެދޭ ވަރަށް ގިނަ ބައެއްގެ އެހީ އާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަމުގައި ޝޯ އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުންވަނީ ބުނެފައެވެ.
މިރޭގެ ޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 9 ޖަހާއިރު އެ ރަށު އިޖްތިމާޢީ މަރުކަޒުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!