ޚަބަރު
ޝައުނާ، ފައްޔާޒަށް ތާއީދުކުރީ އަމިއްލަ ވަޒީފާގެ އެދުމަށް: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރެއްވުމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ނިންމަވާފައިވަނީ، ވަޒީފާގެ ހިމާޔަތުގައި އަމިއްލަ އެދުމަށް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއިއެކު ދާދި ފަހުން އިންޑިއާގައި އޮތް ރައިސީނާ ޑައިލޮގުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުގައިވެސް ޝައުނާ ވަނީ ބައިވެރިވެފައެވެ. ފައްޔާޒުގެ ފަޅި ޝައުނާ ނެންގެވިއިރު, އޭނާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި, އިމްތިޔާޒުގެ ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅުއްވާ އީވާގެ ގާތް ބޭފުޅެކެވެ. މީގެކުރިން އެ ދެ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ވަނީ ފައްޔާޒުގެ ފަޅި އިހްތިޔާރު ކުރައްވާފައެވެ.

ޝައުނާގެ ފަޔާއަށް ތާއީދު ކުރައްވައި އެމްޑީޕީއަށް ރަނގަޅު ގޮތަކީ މިހާލަތުގައި ފަޔާއަށް ތާއީދުކުރުންކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. ނަޝީދު ވިދާޅުވީ ޝައުނާއަށް އޭނާގެ އަމިއްލަ ވަޒީފާގެ ހިމާޔަތުގައި އަމިއްލަ މަސްލަހަތު އިސްކުރި ކަމުގައި ވީނަމަވެސް އެމްޑީޕީއަށް ރަނގަޅުގޮތް އެގޭނީ އެމްޑީޕީ މެމްބަރުންނަށް ކަމަށެވެ.

މިނިސްޓަރ ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރަން ނޫޅުއްވާ. އެމްޑީޕީގެ އާންމު މެމްބަރުންނަށް އެމްޑީޕީ ކޮބައިކަން ވަރަށް ސާފުވާނެ.

– ނަޝީދު ވިދާޅުވިއެވެ.

ފަޔާއަށް ތާއީދުކޮށް ޝައުނާ ވިދާޅުވީ, އެމްޑީޕީން ވައުދުވެ ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި އެ ކަންކަން ކުރުމަށް މި ރިޔާސީ ދައުރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ މަސަކަތް ކުރަން ޖެހެނީ ޕާޓީއާއެކު ކަމަށެވެ. ޝައުނާ ވިދާޅުވި ގޮތުގައި, އޭނާ އާއި ފައްޔާޒު އެއްބަސްވާ ކަންކަން ވަރަށް މަދުވާނެ ކަމަށާއި ގިނަ ވާނީ ދެބަސްވާ ކަންކަމެވެ. އެހެން ނަމަވެސް, ޝައުނާ ވިދާޅުވި ގޮތުގައި ދެބަސްވެ ޒުވާބުކޮށް ވާހަކަ ބަދަލުކޮށް ކަންކަން ނިންމަދޭ އަދި ކަންކަން ކޮޅެއްގައި ޖައްސާ މީހެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެވޭ ކަމަށެވެ.

މިއީ އެމްޑީޕީ ވަޒީރަކު ފަޔާއަށް ތާއީދުކޮށްގެން ނަޝީދު މިހާބޮޑަށް ކޯފާވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ, ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއިދު ކުރައްވާކަން އިއުލާންކޮށްފައެވެ. ނަމަވެސް ނަޝީދު ނަސީމްއާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެއް ނުވެއެވެ.

ސަރުކާރުގައި ހިމެނޭ އެމްޑީޕީ ވަޒީރުންގެ ތެރެއިން މިހާތަނަށް ފަޔާގެ ކެމްޕެއިންގައި ބައިވެރި ނުވަނީ ޔޫތު މިނިސްޓަރ މަހުލޫފާއި، އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއާއި، ޓްރާސްޕޯޓް މިނިސްޓަރ އަސްލަމްއާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، ފޮރިން މިނިސްޓަރ ޝާހިދުއެވެ. ނަމަވެސް ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި މިބޭފުޅުންގެ ތާއީދުވެސް އޮތީ ފައްޔާޟުއަށް ކަމަށް ބެލެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!