ޚަބަރު
ލެކްޗަރާއިންގެ މުސާރަވެސް ބޮޑުކުރައްވާނެކަން ސަރުކާރުން ހާމަކުރައްވައިފި

ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މުސާރަތަކަށް އައި ބަދަލުގެ ތެރެއިން ލެކްޗަރާއިންގެ މުސާރަވެސް ބޮޑުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވީ މިމަހުގެ 1ވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާމެދު ދެެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވުމަކީ މިސަރުކާރުން ވައުދުވެވަޑައިގެންފައިވާ ކަމެކެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގަތް ވައުދުފުޅު ފުއްދަވައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް މިދިޔަ އާދީއްތަ ދުވަހު ވަނީ އިއުލާނުކުރައްވާފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް އައި ބަދަލުތަކުގެ ތެރޭގައި ލެކްޗަރާއިން ނުހިމަނައި އިޢުލާންކުރުމުން، އެބޭފުޅުންގެ ކަންބޮޑުވުން އޮތްކަންވަނީ ހާމަވެފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ “ދައުލަތުގެ ޕޭ ފްރޭމް ވޯރކް”އަށް ލެކްޗަރާއިން ބަދަލުކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާކަމަށެވެ. އަދި ވަރަށް އަވަހަށް އެމަސައްކަތް ނިމޭނެކަމަށާ، އެއާއެކު ވީހާވެސް އަވަހަކަށް އާ އޮނިގަނޑުގެ ދަށުން ލެކްޗަރާއިންގެ މުސާރައަށް ބަދަލު އަންނާނެކަމަށެވެ.

މި އޮނިގަޑުގެ ދަށުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މުދައްރިސުންނަށްވެސް “ދަޢުލަތުގެ ޕޭ ފްރޭމް ވަރކް”ގައި ކަނޑައަޅާފައިވާ މުސާރަ އެހެން ޓީޗަރުންނާއެކު ދިނުމަށް ކުރިންވެސް ނިންމާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެކަން އިސްލާމިކް މިނިސްޓްރީއަށްވެސް އަންގަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދާއިމީ މުދައްރިސުންގެ މުސާރަވެސް “ދަޢުލަތުގެ ޕޭ ފްރޭމް ވަރކް”އަށް ބަދަލުކޮށްފައިވާތީ މުސާރައާއިގުޅޭ އެންމެހައި ކަންތައްތައް ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން ކުރިއަށްގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޓީޗަރުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ޓީޗަރުންގެ ތެރެއިން މުސާރައަށް އެންމެ ބޮޑު ބަދަލެއް އަންނާނީ ރޭންކު 2 ގެ ޓީޗަރުންނެވެ. އެގޮތުން މިހާރު 12398 ރުފިޔާގެ މުސާރައެއް ލިބޭ ޓީޗަރުންނަށް މިބަދަލާއެކު 19467 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މިއީ 50 އިންސައްތަ އިތުރު އަދަދެކެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރަ ބޮޑުކޮށްފައިވާ އޮނިގަނޑުގެ ދަށުން އިތުރު ގަޑިއާ ނުލައިވެސް ކުރިއަށް ވުރެން ނިސްބަތުން މުސާރަ މާބޮޑެވެ. މި ބަދަލަކީ ތައުލީމީ ދާއިރާއަށް ހައްގު މިންވަރުގެ ފެށުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!