ޚަބަރު
މަގުމައްޗަށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗްއަށް ގެންދިޔަ މީހެއްގެ މަޢުލޫމާތު ހޯދުމަށް އާންމުންގެ އެހީއަށް

މަގުމައްޗަށް ވެއްޓިފައި ވަނިކޮށް އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ނިޔާވެފައިވާތީ އެމީހާ ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ 2022 މެއި 4 ވަނަ ދުވަހުގެ އިރާކޮޅު ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗް އަށް ގެންދިޔަ ގެންދިޔަ މީހަކު ނިޔާވެފައިވާތީ އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންދެވިފައިވާ މީހަކީ ގާތްގަނޑަކަށް 5 ފޫޓް 6 އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނެެއް ކަމަށެވެ. އަދި އެމީހާ ލައިގެންހުރީ މަޑު މުށިކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެކެވެ. ފުލުހުން ބުނީ އެމީހާއަކީ ތުބުޅިއެއްހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށެވެ.

އެހެންކަމުން މަތީގައިވާ ސިފަތައް ހުރި މީހެއްގެ މައުލޫމާތު އެނގޭފަރާތެއްވާނަމަ ލަސްނުކުރައްވައި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!